ޣައްޒާގައި ޢުމުރުން އެންމެ 6 އަހަރުގެ ހިންދު ރަޖަބް ޝަހީދުކޮށްލި ހާދިސާއާ ގުޅުން އޮތް އިސްރާއީލް ސިފައިންގެ 52 ވަނަ ބަޓާލިއަންގެ ކޮމާންޑަރު، ލެފްޓިނަންޓް ކާނަލް ޑެނިއަލް އެލާ، ލުބުނާނުގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކެއްގައި ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.
އިސްރާއީލުގެ މީޑިއާތަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ޒަޚަމްވީ ހިޒްބުاللهއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ދިން ވަރުގަދަ ޙަމަލާއެއްގައެވެ.
މި ހާދިސާގެ ފަހަތުގައިވާ ތާރީޚަށް ބަލާއިރު، ޖެނުއަރީ 2024 ގައި ހިންދު ރަޖަބާއި އޭނާގެ އާއިލާ ދަތުރުކުރި ކާރަށް ބަޑިޖަހައި އާއިލާގެ އެންމެން މަރާލީ މި ބަޓާލިއަނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓް (އައި.ސީ.ސީ) އަށް މައްސަލަވެސް ހުށަހަޅާފައެވެ. މި ހިތްދަތި ހާދިސާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އަދި އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމެކެވެ.
މި ކޮމާންޑަރަށް ލިބުނު އަނިޔާއާ ގުޅިގެން ސޯޝަލް މީޑިއާގައާއި ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ބަޔަކު ބުނަމުންދަނީ އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން މިއަދު މިވަނީ މުޅިދުނިޔެ އަށް ހާމަވެގެން ގޮސްފައި ކަމަށެވެ. އަދި މިއީ އިންސާފު ގާއިމުވުމުގެ ފެށުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ކުށެއް ނެތް އާންމުންގެ އެތައް ބައެއްގެ ލެޔަށް ޒިންމާވާންޖެހޭ ފަރާތްތަކަށް ދުނިޔެމަތީގައިވެސް ބަދަލު ލިބިގެންދާނެކަމާއި، އެއްވެސް މީހަކީ ގާނޫނާއި އިންސާފަށްވުރެ މަތީގައި ހުރެވޭނެ މީހެއް ނޫންކަން މި ހާދިސާއިން ހާމަވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު