ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ގިނަވެގެން ދެ ހަފްތާ ތެރޭގައި ރާއްޖެއަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމަށް ސަރުކާރުން އަލަށް އުފެއްދި ކުންފުނި ސްޓޭޓް ފާމަސޫޓިކަލްސް (ސްޓޭޓްފާމާ) އިން ދީފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އެ ކުންފުނީގެ އެމްޑީ ޝާހު މާހިރު ވިދާޅުވީ، ބޭސް ނުލިބުމުގެ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 1505 ނަންބަރުގެ ހޮޓްލައިނަކާއި "ޑިޖިފާމާ" އެޕްލިކޭޝަން މިހާރު ތައާރަފްކޮށްފައިވާ ކަމަށެވެ. މި ނިޒާމުގެ ތެރެއިން، ރާއްޖޭގައި ނެތް ބޭހެއް ނަމަ، އާސަންދައާއި އެންސްޕާގެ އެޕްރޫވަލްތަކާއެކު ދެ ހަފްތާ ތެރޭގައި ރާއްޖެއަށް ގެނެސްދިނުމަކީ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ، ބޭސް ސިޓީއެއް ލިބުމުން އާސަންދައިގެ ސިސްޓަމް މެދުވެރިކޮށް އެންމެ ފަހުން އެ ބޭހެއް ލިބެންހުރީ ކޮން ފާމަސީއަކުންތޯ ބަލައި، އެ މައުލޫމާތު ވަގުތުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ތަނަކުން އެ ބޭހެއް ލިބެން ނެތް ނަމަ، ލަސްނުކޮށް އެ ބޭހެއް ރާއްޖޭން ބޭރުން ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ސްޓޭޓްފާމާއިން މިހާރު ވަނީ 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށްފައި ކަމަށާއި، މީގެ އިތުރުން، އީފާސް މެދުވެރިކޮށް ބޭސްސިޓީ އަޕްލޯޑް ކުރެވޭނެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެއިތުރުން، ރަށު ފެންވަރުގައި ބަލިމީހުން ތިބި އަދަދާއި ބޭސް ބޭނުންވާ މިންވަރުގެ ޑޭޓާ އެއްކޮށް، ދުރާލާ ބޭސް ފޯކާސްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ހަމައެހެންމެ ހޮސްޕިޓަލްތަކަށް ބޭނުންވާ ކުއްލި ފަރުވާގެ ބޭސްތައް ހޯދުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" އަކީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ލިބިދޭ ބާރުގެ ދަށުން 2025 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމެވެ.
ބޭހާއި މެޑިކަލް އާލާތްތައް ފަސޭހައިން ލިބެން ނެތުމަކީ ރައްޔިތުންގެ މެދުގައި ބޮޑު ޝަކުވާއަކަށް ވެފައިވާ ކަމަކަށްވާތީ، މި އައު ނިޒާމާއެކު އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު