ކުޅުދުއްފުށި
ކުޅުދުއްފުށި
ހދ. ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު މީހަކަށް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެގައި ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދޫ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ.

ރުކުން ވެއްޓުނު މީހާއަކީ މި ހާދިސާ ހިނގުމުގެ ކުރިންވެސް އެ ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށާއި، އޭނާ ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލުމަށްފަހު، އަލުން ރުކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަށް ބަލާއިރު، އެ މީހާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާދެމުންދަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކުޅުދުއްފުށީގައި ރުކަކުން މީހަކު ވެއްޓި އަނިޔާވެފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 3:06 ހާއިރު ކަމަށެވެ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން ދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު