އިންޑިއާ ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް
އިންޑިއާ ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް
އިންޑިއާ ކަނޑުގެ ކާލްސްބާގް ރިޖް ސަރަހައްދަށް މިއަދު، ރިކްޓަރ މިންގަނޑުން 5.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެފްރިކަން ޕްލޭޓާއި އިންޑޯ-އޮސްޓްރޭލިއަން ޕްލޭޓް ގުޅޭ ފަށަލައަށް އައި މި ބިންހެލުމަކީ ބިމުގެ ތިލަ ފަށަލައަކަށް އައި ލޮޅުމެކެވެ. ކޭ.ޑީ. ކަލުއަރައްޗީގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، މިއީ އޭޕްރީލް 18 އިން 25 އަށް ދެމިގެންދާނެ "ވިންޑޯ 5" ނުވަތަ ބޮޑެތި ބިންހެލުންތައް އައުމުގެ ފުރުސަތު ބޮޑު ދުވަސްވަރަށް ވަދެވުނުކަމުގެ ފުރަތަމަ ނިޝާނެވެ. މިއީ ކުރީގެ ކުރު މުއްދަތުގެ ސައިޒްމިކް ވިންޑޯތަކުގައި ބޭރުނުވެ ހިފެހެއްޓިފައި ހުރި ހަކަތަ، ބިންގަނޑުގެ ފަށަލަތަކުގެ ތެރެއިން މިނިވަންވާން ފެށުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.

ބޫމިޗަލަ ސޫތުރާ ތިއަރީގެ މައްޗަށް ބިނާކޮށް ކުރެވުނު މި ތަހުލީލުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ނިއުޒީލޭންޑަށް އެރި ތޫފާން ވައިނޫ އާއި މަރިއާނާ އައިލެންޑްސްއަށް އެރި ސުޕަރ ޓައިފޫން ސިންލަކޫ ފަދަ މޫސުމީ ގަދަފަދަ ހާދިސާތަކުގެ ސަބަބުން ބިމުގެ އަޑީގެ ހަކަތަ ބޭރުވުމަށް ހުރަސްތަކެއް އެޅުނެވެ. ނަމަވެސް، މިހާރު އެ މޫސުމީ "ބްލޮކިންގް" އިފެކްޓްސް ނުވަތަ ހުރަސްތައް ނެތެމުންދާތީ، އެ ހަކަތަ މިހާރު ދަނީ ބިމުގެ ފަށަލަތަކުގެ ތެރެއަށް ބަދަލުވަމުންނެވެ.

ކާލްސްބާގް ރިޖަށް އައި 5.5 ގެ މި ބިންހެލުމަކީ މި ބަދަލުތަކުގެ ފެށުން ކަމަށް މާހިރުން އިންޒާރު ދެއެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ބައެއް ސަރަހައްދުތައް ވަނީ މަތީ ދަރަޖައިގެ ސަމާލުކަމަކަށް ގެނެވިފައެވެ. އޭގެ ތެރޭގައި ޖަޕާނުގެ އުތުރު ސަރަހައްދާއި، މެދުދެކެރިއަން ކަނޑާއި، ހިމަލަޔަން ހިންދުކުޝް ސަރަހައްދުގެ އިތުރުން ސުމަޓްރާގެ އުތުރު ހިމެނެއެވެ.

ޚާއްޞަކޮށް ސުމަޓްރާ ސަރަހައްދަށް 6.5 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން މޮރޮކޯ، ކެރީބިއަން ސަރަހައްދު އަދި ޓަސްމަން ކަނޑުގެ ދެކުނު ސަރަހައްދުތަކަށް ވެސް މި ނުރައްކާ އޮތް ކަމަށް ރިޕޯޓްގައިވެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް، ޚާއްޞަކޮށް ކާލްސްބާގް ރިޖާ ކައިރި އައްސޭރިފަށުގެ ގައުމުތަކަށް މި ދުވަސްވަރު އިތުރު ލޮޅުންތަކެއް އަތުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ފެށިފައިވާ ވިންޑޯ 5 އަކީ ދިގު މުއްދަތަކަށް ދެމިގެންދާނެ ސައިޒްމިކް މުއްދަތަކަށް ވާތީ، 6.8 އަށް ވުރެ ބާރުގަދަ ބިންހެލުންތައް އައުމުގެ ފުރުސަތު ބޮޑެވެ.

އެހެންކަމުން، ނުރައްކާ އޮތް ސަރަހައްދުތަކުގައި ކަމާބެހޭ ފަރާތްތަކުން ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށާއި، ބިމުގެ ފަށަލަތަކަށް އަންނަ ބަދަލުތައް މެދުނުކެނޑި މޮނިޓަރ ކުރަމުން ގެންދިއުމަށް ދެނެތު އެކަނަޔަކަ ތައްޔާރުކުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު