ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓް ހެދުމުގެ ވަގުތު އިތުރުކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައާއިއެކު މިއަދުން ފެށިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް 72 އިރާއި 96 ގަނޑި އިރުގެ ވަގުތެއް ދިނުމަށް ނިންމާފައިވާކަމަށެވެ. ކުރިން ނިންމާފައިވާގޮތުން ފަތުރުވެރިންނަށް ރާއްޖެ އާދެވޭނީ 48 ގަޑިއިރުކުރިން ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ.
ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރު ދަތުރުތަކުގައި އަންނަ ހުރިހާ ފަތުރުވެރިންވެސް ރާއްޖެއަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓް އޮވެގެނެވެ.
ރާއްޖެއަށް އެތެރެވުމަށް ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފައިވާއިރު، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ދަތުރު ފަތުރުކުރެވެނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވެ އެޤައުމަކުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައެވެ. ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 3 މަސް ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުންފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް 22000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގޮތުން އެ ޤައުމުގެ 3598 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެެވެ. ހަމައެއާއެކު ލިސްޓުގެ ދެވަނައިގައި އެކުވެރި ޢަރަބި ޢިމާރާތް އޮތްއިރު ލިސްޓުގެ ތިންވަނައިގައި އޮތީ އެމެރިކާއެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ނިއުސްލެޓާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން، 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެއީ 223 އެސްޓެބްލިޝްމަންޓެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީއިން ބުނެފައިވަނީ އެ އެސްޓަބްލިޝްމެންޓްތަކުގެ ތެރޭގައި ރިސޯޓާއި ހޮޓެލް އަދި ސަފާރީ ފަދަ އުޅަނދުތައް ހިމެނޭ ކަަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރަށްރަށުގެ ގެސްޓް ހައުސްތައް ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

We are happy to announce that #Maldives Health Protection Agency has extended negative #PCRtest validity time of within 72Hrs to within 96Hrs prior to tourists departure to #Maldives.
— Ministry of Tourism (@MoTmv) October 13, 2020
Another reason to #VisitMaldivesNow
ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުރު ދަތުރުތަކުގައި އަންނަ ހުރިހާ ފަތުރުވެރިންވެސް ރާއްޖެއަށް އެތެރެވެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓް އޮވެގެނެވެ.
ރާއްޖެއަށް އެތެރެވުމަށް ޕީސީއާރް ޓެސްޓް ހެދުން މަޖުބޫރުކޮށްފައިވާއިރު، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ދަތުރު ފަތުރުކުރެވެނީ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވްވެ އެޤައުމަކުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައެވެ. ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 3 މަސް ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުންފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް 22000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގޮތުން އެ ޤައުމުގެ 3598 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެެވެ. ހަމައެއާއެކު ލިސްޓުގެ ދެވަނައިގައި އެކުވެރި ޢަރަބި ޢިމާރާތް އޮތްއިރު ލިސްޓުގެ ތިންވަނައިގައި އޮތީ އެމެރިކާއެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ނިއުސްލެޓާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން، 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެއީ 223 އެސްޓެބްލިޝްމަންޓެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީއިން ބުނެފައިވަނީ އެ އެސްޓަބްލިޝްމެންޓްތަކުގެ ތެރޭގައި ރިސޯޓާއި ހޮޓެލް އަދި ސަފާރީ ފަދަ އުޅަނދުތައް ހިމެނޭ ކަަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރަށްރަށުގެ ގެސްޓް ހައުސްތައް ވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު