ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނެގުނު ޚިޔާލު ހޯދުމުގެ ވޯޓު، ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވުމުގެ މައިގަނޑު ސަބަބަކީ އެ ޕާޓީގެ ކެމްޕޭން ޓީމުތަކުގެ މަސައްކަތްތަކުގައި ހުރި އުނިކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލި އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށެވެ. "އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފައެއް." ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ، ކެމްޕެއިންގެ ހަރަކާތްތައް ނިންމާލި ދުވަހު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ލިބޭ ފައިދާތައް ކުރު ގޮތަކަށް ކިޔައިދެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި، އެ ވާހަކަފުޅު އަލުން އޮޅައި އަޑުއެއްސެވުމަށް އެދޭ ކަމަށެވެ. ނަމަވެސް، ރައީސް ވިދާޅުވީ ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށާއި، އެހެންކަމުން މިކަމާ ގުޅޭގޮތުން ގާނޫނަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގަ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މި ވޯޓާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮޅުންތަކެއް އުފެދުނު ކަމަށެވެ. އަދި އެ ދޮގު ވާހަކަތަކަށް ރަނގަޅު މައުލޫމާތުން ރައްދު ނުދެވުމަކީވެސް ނާކާމިޔާބީގެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާއިރު، ޕީއެންސީގެ ޓީމުތަކުން އެއް ޓީމެއްގެ ގޮތުގައި ބަދަހިކަމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ ރައީސް މުއިއްޒު މިރޭ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީ އިތުރަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އޮކްޓޯބަރުގައި ޕީއެންސީގެ ކޮންގްރެސް އޮންނާނެ ކަމަށާއި، އެ ކޮންގްރެސްއަށް ތައްޔާރުވުމަށް މިއަދުން ފެށިގެން މަސައްކަތް ފެށުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ 221،111 މީހުންގެ ތެރެއިން 148،859 މީހުން (68.7 އިންސައްތަ) ވޯޓު ދީފައިވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ. ސަރުކާރުން ހުށައެޅި ގޮތަށް ދެ އިންތިޚާބު އެއްކޮށް ބާއްވަން ފެންނަ ކަމަށް ވޯޓު ދިނީ 67،680 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު