ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުން މިއަދު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް މައިމޫން މުހައްމަދާއި އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު އެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ. ރޭގެ މުޒާހަރާގެ ތެރޭގައި ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އެ ހަމަނުޖެހުމުގައި އަނިޔާވި ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެންނެވެ. މި މުޒާހަރާތަކުގައި އެމްޑީޕީން ވަނީ ސަރުކާރުން އިސްލާހު ކުރަންޖެހޭ 12 ކަމެއް ހުށަހަޅާފައެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ބާރުތައް އިއާދަކުރުމާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތައް އުވާލުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުން ހިމެނެއެވެ. މީގެ އިތުރުން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމާއި، ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ހަމައެއާއެކު، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން، ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ލަފާ ހޯދުމަށް ވެސް އެމްޑީޕީގެ އިސްލާހީ އެޖެންޑާގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު