އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަން ނިންމެވުމާ ގުޅިގެން، އެ މަގާމަށް ވާދަކުރެއްވުމަށް ކުރިން ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) އޭނާގެ ނިންމުން ބަދަލުކުރައްވައިފިއެވެ.
ނަޝީދަށް މަރުހަބާ ދަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައްޕެ ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވުމަކީ ޕާޓީގެ އާންމު މެންބަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި ނަޝީދު މި މަގާމަށް ކުރިމަތިލެއްވުމަށް ނިންމެވުމާ ގުޅިގެން، ސައްޕެ ވަނީ އޭނާ ކުރިން ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ގެންގުޅުނު ވިސްނުން ބަދަލުކޮށް، ރައީސް ނަޝީދަށް ފުރިހަމައަށް ތާއިދުކުރަން ނިންމާފައެވެ. ސައްޕެ އިތުރަށް ވިދާޅުވީ، އޭނާގެ އިތުރުން އޭނާގެ މުޅި ޓީމުން ވެސް މި އިންތިޚާބުގައި ތާއިދުކުރާނީ ރައީސް ނަޝީދަށް ކަމަށެވެ.
"އެމްޑީޕީ އަށް ރަން ޒަމާނަކަށް ކުރާ އުންމީދު ބޮޑުތަނުން އާވެގެން ހިނގައްޖެ،" ސައްޕެގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.
ނަޝީދު ޗެއާޕާސަން ކަމަށް ކުރިމަތިލެއްވިކަން އިއުލާން ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނަޝީދު ވަނީ ޕާޓީގެ ކުރިމަގާ މެދު އޮތް ތަޞައްވުރު ހާމަކުރައްވައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް އިސްމާއީލް ނެރުމަށް ތާއީދުކުރައްވާކަން ވެސް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު