ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ބަލައި، އެކަމުގެ "ކުޅި ދައްކާލާނެ" ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި އެމްޑީޕީ ކެންޑިޑޭޓުންގެ ފަރާތުން މިހާރު ފެނިގެން ދަނީ މާލޭގެ މަގުމަތި ހަލަބޮލި ކުރަން އުޅޭ މަންޒަރު ކަމަށާއި އެއީ އެބޭފުޅުން ހޮވި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެއީ ވަރަށް ހަޑިހުތުރު މަންޒަރުތަކެއް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ބޭފުޅުންގެ ފަރާތުން އަހްލާގީ ރީތި ސިފައެއް ނުފެންނަ ތަނުގައި ދީނެއް މިއްލަތެއް އިސްކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އެހެންވެ، ދިވެހިން އިސް ކުރަން ޖެހޭނީ ގައުމު ކަމަށާއި މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައިވާ ގައުމެއްގެ ގޮތުގައި މި ގައުމު ވާރަތުކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންތިހާބީ ކައުންސިލަރުން އަމިއްލަ ސިޔާސީ އެޖެންޑާއެއް އިސް ކުރައްވައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ދެއްކެވި އެވާހަކަފުޅުތަކަށް އިޝާރަތް ކުރަށްވައި އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން ޒާޔާ ވަނީ ރައީސް މުޢިއްޒަށާއި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޒާޔާ ވިދާޅުވީ އެމްޑީޕީއަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންދެކެ ލޯބިވާ، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ އެހެން ޕާޓީއެއް ނޯންނާނެ ކަމަށެވެ.
ރައީސް މުޢިއްޒަށް މުޚާތަބު ކުރައްވައި ޒާޔާ ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުގައި މާލޭގެ މަގުތަކަށް ނިކުމެ "އިންޑިއާ އައުޓް" ޖައްސަވައިގެން މަގުތައް ގަޑުބަޑު ކުރެއްވީ ރައީސް މުޢިއްޒު ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމުގައި މަގުމަތީގައި އޮށޯވެ ނިދާ ހެދި ބޭފުޅުން މިއަދު އަމިއްލަފުޅަށް ކުރެއްވި "ހަޑިހުތުރު" ކަންތައްތައް ހަނދުމަފުޅު ނެތިގެން އުޅުއްވާތީ ޒާޔާ ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑުމެންނަކީ މަނިކުފާނުގެ ވައްކަން ފޮރުވައިގެން އުޅޭނެ ބައެއް ނޫން. މަނިކުފާނު މޭޔަރު ކަމުގައި ހުރެ ކޮށްފައި ހުރި ހުރިހާ ވައްކަންތަކެއް ބަލަން މިހާރުގެ މޭޔަރު އާދަމް އާޒިމް ފުރިހަމަ އިތުބާރު އެބައޮތް،" ޒާޔާ ވިދާޅުވިއެވެ.
ޒާޔާ އިތުރަށް ވިދާޅުވީ، ކައުންސިލަށް ވައްކަމުގެ މައްސަލަތައް ހުށަހަޅައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އަތުލަންޖެހޭ ބިމެއް އޮތިއްޔާ އެ ބިމެއްވެސް އަތުލާނެ ކަމަށާއި، ރައީސް މުޢިއްޒަށް "ފިސާރި ކުޅި ދައްކާލާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލަރުން މަގުމައްޗަށް ނިކުމެ އަޑުއުފުލުމަކީ އަހުލާގީ ފެންވަރު ދަށްވުން ކަމަށް ރައީސް ދައްކަވާ ވާހަކަފުޅަށް ރައްދު ދެއްވަމުން ޒާޔާ ވިދާޅުވީ، ރާއްޖޭގައި ރައީސް މުޢިއްޒަށް ވުރެ "ހަޑިމުޑުދާރު" އަހުލާޤު ދަށް ފެންވަރުގެ ކަންކަން ކުރެއްވި ވެރިއަކު ނެތް ކަމަށެވެ. އަދި ކައުންސިލަރުން އިންތިޚާބުކޮށްފައި ތިބީ ގޭގައި ރަޖާލައިގެން ތިބުމަށް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަކީ 30 އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނައި އިސްލާހީ ޕާޓީއެއްކަން ފާހަގަކުރައްވައި ޒާޔާ ވިދާޅުވީ، އެފަދަ ވަރުގަދަ ތާރީޚެއް އޮތް ޕާޓީއަކާ އަޅާބަލާއިރު ރައީސް މުޢިއްޒުގެ "ސައިޒަކީ ފުނަ އޮށެއްގެ މިންވަރު" ކަމަށެވެ. އަދި ރައީސް އޮފީހުގައި "އެލް ސޯފާ" ބަހައްޓަވައިގެން ކުރެއްވި ކަންކަމާ މެދު އަމިއްލަފުޅަށް ސުވާލު ކުރެއްވުމަށް ޒާޔާ ގޮވާލެއްވިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބު މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވާފައިވާއިރު، ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު އެމްޑީޕީ އަށެވެ. ނަމަވެސް، މިހާރު އޮތް ކައުންސިލްގައި ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތުމާއެކު، ރައީސް މުޢިއްޒާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ހުރަސްއެޅުމުގެ ގޮތުން، ކޯރަމް ގެއްލުވާލައި ޖަލްސާތައް ބޭއްވިޔަނުދިނުމަށް ސަރުކާރު މެންބަރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު މޭޔަރު އާޒިމް ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު