ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލާއެކު، އަލަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މިކަން އިއުލާން ކުރެއްވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބްރައީސް އަހުމަދު ނާޒިމެވެ.
ސަރުކާރުގެ ކެބިނެޓަށް މި ބަދަލުތައް ގެނެސްފައިވަނީ އޭޕްރީލް މަހުގެ ހަތަރެއްގައި ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ނާކާމިޔާބުވުމާ ގުޅިގެންނެވެ. މި ބަދަލާއެކު، ކުރިން ކެބިނެޓްގައި 20 ވަޒީރުން ތިއްބެވި ނަމަވެސް އެ އަދަދު މިހާރު ވަނީ 15 އަށް މަދުވެފަ އެވެ. ރައީސް ވަނީ ބައެއް މިނިސްޓްރީތަކުގެ މަސައްކަތް އެހެން މިނިސްޓްރީތަކުގެ މަސައްކަތްތަކާ އެއްކޮށްލައި، ބައެއް މިނިސްޓްރީތައް އުވާލަށްވާފައެވެ.
އަލަށް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލިހުގައި ހިމެނިވަޑައިގަންނަވަނީ:
މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް: މޫސާ ޒަމީރު
މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ: އަލީ އިހުސާން
މިނިސްޓާ އޮފް ފޮރިން އެފެއާޒް: އިރުތިޝާމް އާދަމް
މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: އިސްމާއިލް ޝަފީއު
މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ: ގީލާ އަލީ
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް: މުހައްމަދު ސައީދު
މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް: މުޙައްމަދު ޝަހީމް އަލީ ސައީދު
މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީން
މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް: އަބްދުﷲ ރާފިއު
މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް: ހީނާ ވަލީދު
މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް: އަބްދުﷲ މުއްތަލިބް
މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ: އަލީ ޝަރީފް
މިނިސްޓާ އޮފް ޑިފެންސް އެންޑް ނެޝަނަލް ސާވިސް: ހަސަން ރަޝީދު
މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް: އަހުމަދު ޝިޔާމް
މި ވަޒީރުންގެ އިތުރުން ކެބިނެޓްގައި ދެން ހިމެނިވަޑައިގަންނަވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ މެންޑޭޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ، އޭނާއަށް އަލުން ރުހުން ހޯދަން ނުޖެހޭނެ ކަމަށް މަޖިލީހުން ވަނީ ނިންމާފައެވެ.
ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު