2021 ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ދަންވަރު 3:45 ހާއިރު ދ.މީދޫ "ޖިހާދު" ދޯނީގައި ވަޅިން ޙަމަލާދީ މަރާލި ބަނގަލަދޭޝްގެ މުހައްމަދު ޝާހީންގެ މަރުގެ މައްސަލައިގައި، ކުށް ސާބިތުވި ބިދޭސީ މީހާ އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޢުމުރުން 42 އަހަރުގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ.
މީނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2021 މާޗް 7 ވަނަ ދުވަހުގެ ރޭ، ދ. މީދޫ "ޖިހާދު" ދޯނި ކ. ގުރައިދޫ މަސްބޮޔަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށް، އެ ދޯނީގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވާތީއެވެ.
މި މައްސަލައިގެ ޝަރީއަތުގައި މަސްއޫދު ދައުވާއަށް އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އޭނާ ކުށް ކުރިކަން ވަނީ ސާބިތުވެފައެވެ. ދޯނީގައި ތިބި މީހުން ހެކިބަސް ދެމުން ބުނެފައިވަނީ، ދާ ނެގުމުގެ ތެރޭގައި މަސްއޫދާއި ޝާހީންއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ. އަދި މަސްއޫދުގެ އަތުގައި ރެންޗެއް އޮތް ކަމަށާއި، ވަޅި ޖަހާފައި އެއްލާލާނެ ކަމަށް ބުނެ ޝާހީންއަށް އޭނާ އިންޒާރުދިން ކަމަށްވެސް ހެކިން ބުނެފައިވެއެވެ.
ހެކިބަސް ދިން މީހުން އިތުރަށް ކިޔައިދިން ގޮތުގައި، ދެ މީހުން ދުރުކުރިތާ އިރުކޮޅެއް ފަހުން "ވަޅިޖަހައިފިޔޭ" ކިޔާ ޝާހީން ހަޅޭލަވައިގަތް އަޑު އިވުނެވެ. އަދި އޭނާގެ ގައިން ގިނަ އަދަދަކަށް ލޭ އަންނަމުން ދިޔަ ކަމަށާއި، ޝާހީން ވެއްޓިފައި އޮތްއިރު މަސްއޫދުގެ އަތުގައި ވަޅި އޮތް ކަމަށްވެސް މަންޒަރު ދުށް ހެކިން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބްރާސްފަތި ދުވަހު އިއްވި ހުކުމުގައި ވަނީ މުހައްމަދު މަސްއޫދު އުމުރަށް ޖަލަށްލުމަށް ކަނޑައަޅާފައެވެ. ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލައި، ދެން ތަންފީޒު ކުރަންޖެހޭނީ 19 އަހަރާއި 10 މަހާއި 20 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށާއި، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް މަސްއޫދުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި މަރުގެ އަދަބު ނުއިއްވީ މަރުވި މީހާގެ ވާރިސުންގެ ތެރޭގައި މަރުގެ އަދަބު ދޭން ބޭނުންނުވާ ވާރިސުން ތިބުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު