ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށެވެ.
މިގޮތުން މި މަހުގެ ތެރޭގައި ވެސް ޓީޓީ ހެދުމަށް ޑޮލަރު ބޭނުންވި ކޮންމެ ކަސްޓަމަރަކަށް، އެ ކަސްޓަމަރަކަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާނެ ކަމަށް ބޭންކުން ފާހަގަކުރެއެވެ. އަދި މިހާތަނަށް ޓީޓީ ހަދަން އެހީއަށް އެދުނު އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދީ ހިފަހައްޓާފައި ނުވާނެ ކަމަށާއި، ނަމަވެސް ވިޔަފާރިތަކުން އެދޭ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު އިތުރުވެފައިވީ ނަމަވެސް، ބޭންކުން އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓަމުންނެވެ. ޚާއްޞަކޮށް ކާބޯތަކެއްޗާއި މުހިންމު ބޭނުންތަކަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަ
މަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ބޭންކުން ވަނީ ވިއްކާފައެވެ. މިއީ މަހަކަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު މަހަކު އެވްރެޖްކޮށް ވިއްކި 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރުގެ މިހާތަނަށް 38,855 ޓީޓީ އަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އޭޕްރީލް މަހު އެކަނިވެސް 6,800 އަށް ވުރެ ގިނަ ޓީޓީއަށް ވަނީ އެހީތެރިކަން ދީފައެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުން ހާމަކުރެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، ބޭންކުގެ ކަސްޓަމަރުންނާއި މުއާމަލާތްތަކާ ގުޅޭ ސައްހަ މައުލޫމާތު އެނގޭނީ ހަމައެކަނި ބޭންކަށް ކަމަށްވާއިރު، މުޖުތަމައުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ޒިންމާދާރުކަމެއް ނެތި "އަދަދު" ނޫހުން ދޮގު މައުލޫމާތު ފެތުރުމަކީ ބޭންކުން ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ. މިއީ ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި އެ ނޫހުން ފަތުރާ ސިލްސިލާ ދޮގު ވާހަކަތަކެއްގެ ބައެއް ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު