އިސްރާއީލުގެ މިލިޓަރީ ޕޮލިހުންގެ ބަންދުގައި ހުރި ފަލަސްތީނުގެ އަސީރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވުނު ސިފައިން، އެ މީހުންގެ ވަޒީފާއަށް އަނބުރާ ނެރެފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ހާދިސާއަކީ އިސްރާއީލުގެ "ސްޑޭ ތޭމަން" ނަމަކަށް ކިޔާ އަސްކަރީ ބަންދު މަރުކަޒުގައި ހިނގި ކަމަށް ބުނާ މިއަމަލަކީ ވަރަށް އަނިޔާވެރި އަމަލެކެވެ. މި މައްސަލައިގައި ތުހުމަތު ކުރެވުނު ސިފައިންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅައި، އަލުން ޚިދުމަތަށް ނެރުމަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.
މި ހާދިސާ ފެންމަތިވީ ފަލަސްތީނުގެ އަސީރަކަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަކާ ގުޅިގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އެ އަސީރަށް ލިބިފައިވާ އަނިޔާތަކަކީ ސީދާ ޖިންސީ ގޯނާގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކެކެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުރަތަމަ އެ ސިފައިން ހައްޔަރުކުރި ނަމަވެސް، އިސްރާއީލުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކާއި އާންމުންގެ ބައެއް މީހުން ވަނީ އެ ސިފައިން ދިފާއުކޮށް މުޒާހަރާކޮށްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މި ސިފައިން އަލުން ވަޒީފާއަށް ނެރުނުއިރު، އެ މީހުންނާ މެދު ކުރެވޭ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިފަދަ ނުރައްކާތެރި ތުހުމަތުތަކެއް ކުރެވޭ ބަޔަކު އަލުން ޚިދުމަތަށް ނެރުމަކީ، އިސްރާއީލުގެ އަސްކަރިއްޔާގެ ތެރޭގައި ހިނގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކަށް އަދަބު ނުދެވޭކަން ހާމަކޮށްދޭ ކަމެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދެކެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑިފައިވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު