އެޕިސޯޑް 02
................
[ކާ...ކާކުތީ!؟] އޭނާގެ ކުރިމަތީގައި އެހުރީ އާދަޔާ ޚިލާފު ރީތި ސިފަތަކެއްގެ ވެރި އަންހެން ކުއްޖެކެވެ. ގައިމެވެ. އެއީ މީގެކުރިން އެރަށުން އޭނާ ދެކެފައިވާ ކުއްޖެއް ނޫނެވެ.
[ރީޙާން....ހާދަވަރަކަށް ތި ބަލަނީ....އަހަރެން ލަދުގަންނަވަންތަ ތިއުޅެނީ....] އެ އަންހެން ކުއްޖާ ރީޙާނަށް ބަލަމުންދިޔައީ ނިކަން ޢިޝްޤީ އަސަރަކުންނެވެ. ރީޙާން ހުރީ ގަނޑުވެފައި އޭނާޔާ ދިމާއަށް ބަލާށެވެ. ނަމަވެސް، އެ ހިތްގައިމު އަންހެން ކުއްޖާއަކީ ކާކު ކަމެއް ރީޙާނަކަށް ނުވިސްނުނެވެ.
[ކާކުތީ!؟] އިރުކޮޅެއް ވަންދެން ގަނޑުވެފައި ހުރުމަށްފަހު ރީޙާން އެއްސެވެ. އެކުއްޖާ އެއްވެސް ޖަވާބެއް ނުދެއެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ ހިނގައިގެންފިއެވެ. އަނެއްކާވެސް ރީޙާނަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެކުއްޖާ ވަނީ އެ ދިމާގައި ހުރި ގަސްތަކުގެ ތެރެޔަށެވެ.
ރީޙާން ދިޔައީ ގެޔަށެވެ. އޭނާ ގެޔަށް ގޮސް، އެފެނުނު ކުއްޖާގެ ވާހަކައެއް ކޮންމެހެން މަންމަ ގާތަކު ނުބުނެއެވެ. އެއްވެސް ޙާލެއްގައި އެއީ ނާމާން ކަމެއް ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު ސްކޫލް ނިމިގެން ގެޔަށް އައުމަށްފަހު، ރީޙާން، އޭނާގެ ރަޙްމަތްތެރިޔާ ހައިޝަމްއާ ބައްދަލުކޮށް އެވާހަކަ ދެއްކިއެވެ. ހައިޝަމްވެސް ޤަބޫލުކުރީ ކޮންމެވެސް ލާނެތް އަންހެން ކުއްޖަކު ރީޙާނާ ސަމާސާއެއް ކޮށްލީ ކަމަށެވެ.
[އެއީ ވަރަށް ސަޅި ބިޓެއް...ހައިޝަމާ ވަރަށް ގުޅޭ....ދެވަނަ ފަހަރަކު ފެނިއްޖެއްޔާ، އަހަރެން އޭނައަށް ހައިޝަމްގެ ސަލާމް ބުނާނަން...] ރީޙާން ބުންޏެވެ.
[ކޮންމެހެން އަހަންނާ ގުޅުވުމުގެ ބޭނުމަކީ ކޮބައިތަ؟ ވަރިހަމަނު ރީޙާން ގުޅުނަސް.] ހައިޝަމް ސަމާސާކޮށްލިއެވެ.
[އަހަރެންގެ ހިތަކު އެއްވެސް ޖާގައެއް ނެތް...އަހަރެންގެ ހިތްވަނީ ނަޝްވާއަށްޓަކައި ހުސްކުރެވިފައި.....އަހަރެން ބޭނުންވަނީ ހަމައެކަނި ނަޝްވާ.] ރީޙާން ބުންޏެވެ.
[ތިބުނާ ނަޝްވާޔާ މިއަދު ސްކޫލްތެރެއިން ދިމައެއްނުވޭތަ؟] ހައިޝަމް އެއްސެވެ.
[ދިމާވި...އެކަމަކު ވާހަކަ ދައްކާކަށް ފުރްޞަތެއް ނުލިބޭ. ހިނގާ މިއަދު އިރުއޮއްސުމުގެ ކުރިން އެގެޔަށް ދަމާ...] ރީޙާން ބުންޏެވެ.
އެދުވަހުވެސް ރީޙާނާއި ހައިޝަމް ނަޝްވާގެ ގޭ ދޮރުމައްޗަށް ހުއްޓި ތިބީއެވެ. ނަޝްވާއަށް ފެނިގެން އެތެރެއަށް ވަނުމަށް އެދޭނޭ ކަމަށް ވިސްނާފައެވެ. ނަމަވެސް އެދުވަހު އެމީހުން އެތާ ދޮރާށި ދޮށުގައި ތިބޭތާ ބައިގަޑިއިރުވީއިރުވެސް އެއްވެސް މީހެއްގެ ޚަބަރެއް ދަބަރެއް ނުވިއެވެ.
[އައްސަލާމް ޢަލައިކުމް....] އެންމެފަހުން ރީޙާންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އިރުކޮޅެއްފަހުން ސަލާމް ބަލައިގަތުމަށްފަހު، ބޭރަށް އެ ނިކުތީ ސީދާ ނަޝްވާއެވެ.
[އަނހަ ރީޙާން....މިއަދުވެސް ވިއްސާރައިގައި ޖެހުނީތަ؟] ނަޝްވާ ހިނިތުންވެލިއެވެ.
[ނޫނޭ....މިއަދު މިއައީ ވިއްސާރަވެގެނެއް ނޫން. މިއީ ސީދާ މިގެޔަށް، ނަޝްވާއަށް ބައްދަލުކުރަން އައި ދަތުރެއް...މައްސަލައެއް އެބައޮތްތަ؟] ރީޙާން އެތެރެއަށް ވަނެވެ.
[ނޫން....ވަދޭ އެތެރެއަށް....އިށީނދޭ....] ނަޝްވާ މިހެން ބުނީމާ، ރީޙާނާއި ހައިޝަމް އިށީނެވެ. އެވަގުތު ހައިޝަމް ކޮންމެވެސް ކަމެއް ހަނދާންވީކަންނޭނގެއެވެ. ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި، އޭނާ އެގެއިން ނިކުތެވެ. ޙަޤީޤަތުގައި އޭނާ ރީޙާނަށް ފުރްޞަތު ހޯދައިދިނީއެވެ.
[ނަޝްވާ....މިހާރު ދެން އަހަރެމެންގެ ސްކޫލް ދައުރުވެސް ނިމެނީތާދޯ؟ ނަޝްވާ ކުރިއަށް ދާން ބޭނުންވަނީ ކޮން ރޮނގަކުންތަ؟] ރީޙާން ވާހަކަ ފެށިއެވެ.
[ރަނގަޅަށް ފާސްވެއްޖެއްޔާ، އަހަރެން ބޭނުންވަނީ ޑޮކްޓަރުކަން ކިޔަވަން. އަހަރެން އަބަދުވެސް ޑޮކްޓަރަކަށްވާން ބޭނުންވޭ.] ނަޝްވާ ބުންޏެވެ.
[ނަޝްވާ ޑޮކްޓަރަކަށްވި ދުވަހަކުން އަހަރެންވާނަން ބަލިމީހަކަށް. ޚާއްޞަކޮށް، ހާރޓް ޕޭޝަންޓަކަށް. އޭރުން ނަޝްވާ ވަރަށް ފަރުވާތެރިކަމާއެކު އަހަންނަށް ބޭސްކުރާނަމެއްނު.] ރީޙާން ހީގަތެވެ. ނަޝްވާވެސް ހީގަތެވެ.
[ހިތުގެ ޑޮކްޓަރަކަށް ވާހިތެއްނެތް...އަޞްލު އަހަރެން ބޭނުންވަނީ ގައިނީ ޑޮކްޓަރަކަށްވާން...އެދުވަހަކުން ރީޙާންގެ އަންހެނުންނަށް އަހަރެން ބޭސްކޮށްދޭނަން.] ނަޝްވާ މިހެން ބުނީމާ، ރީޙާނަށް ތެޅިގަނެވުނެވެ. އޭނާ ހިސާބަކަށް މާޔޫސްވެސްވިއެވެ.
[ނަޝްވާ، އަހަރެން ވާހަކައެއް އަހާލަންތަ؟] ރީޙާން އޭނާގެ ޙަޤީޤީ މަޥްޟޫޢަށް ދިޔުމަށްޓަކައި މަގުކޮށިއެވެ.
[އާނ....އަހާބަލަ...] ނަޝްވާ ހީލިއެވެ.
[ނަޝްވާގެ ބޯއިފްރެންޑެއް ހުރޭތަ؟] ރީޙާން އެއްސެވެ.
[ނޫނޭ...އަދި ތިކަހަލަ ކަމަކަށް ނުވެސް ވިސްނަން. އަހަރެން ތިކަހަލަ ކަމަކަށް ވިސްނާނީ، އަހަރެން ބޭނުންވާވަރަށް ކިޔެވުނީމާ....] ނަޝްވާ ބުންޏެވެ. ރީޙާން މާޔޫސްވިއެވެ.
[އެދުވަހަކަށް އަހަރެން އިންތިޒާރު ކޮށްފިއްޔާ، އަހަންނަށް ލިބިދާނެތަ، ނަޝްވާގެ ބައިވެރިޔަކަށް ވުމުގެ ފުރްޞަތު....] ރީޙާން ސީދާ ނަޝްވާގެ ލޮލަށް ބަލަން ހުރެފައި އެއްސެވެ.
[ކޮންމެ ކަމަކީވެސް ތަޤްދީރު. ތަޤްދީރު ނިންމާނެ ގޮތެއް، އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގެ. ހަމަގައިމުވެސް އަދި އަހަރެން ތިކަހަލަ ކަމަކަށް ނުވިސްނަން.....] ނަޝްވާ މިހެން ބުނީމާ، ރީޙާންގެ ކަރުއެލުނު ކަހަލައެވެ.
[އަޅެ....ނަޝްވާ....އަހަންނަށް ލޯބިވެވިއްޖެ....ވަރަށް ބޮޑަށް ލޯބިވެވިއްޖެ.] ރީޙާން ނަޝްވާގެ ލޮލަށް ބަލަމުންދާއިރު ހީވަނީ އެ ލޮލުގެ ތެރެއިން އޭނާއަށް އެއްޗެއް ފެންނަމުންދަނީހެންނެވެ.
[ކާކުދެކެ!؟] ނަޝްވާ އެއްސެވެ. ރީޙާން ދެލޯ މަރާލުމަށްފަހު ނަޝްވާޔާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.
[އަހަރެންގެ ވާހަކަތަ ތިބުނީ!؟] ނަޝްވާގެ ދެލޯ ބޮޑުވިއެވެ. ރީޙާން ބޯޖަހާލިއެވެ.
[ރީޙާން....އަހަރެން ބުނެފިންދޯ...ތިކަހަލަ ކަމަކަށް ވިސްނާކަށް އަދި އަހަރެން ބޭނުމެއް ނޫނޭ. އަހަރެން ވަރަށް އުފާވާނެ، ރީޙާން ދެން ތި މަޥްޟޫޢަށް ވާހަކަ ނުދެއްކިއްޔާ....] ނަޝްވާ މިހެން ބުނީމާ، ރީޙާން ވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ.
[އެންމެ ރަނގަޅު. އަހަރެން ބޭނުން، ނަޝްވާ އުފާކުރުވަންވެސް. އެކަމަކު ކިތަންމެ ދުވަހެއް ވިޔަސް ނަޝްވާއަށް އަހަރެން އިންތިޒާރު ކުރާނަން....] ރީޙާން މިހެން ބުނެފައި އެގެއިން ނިކުމެއްޖެއެވެ. އޭރު ދޮރުމަތީގައި ހައިޝަމް ހުއްޓެވެ.
[ކޮބާ! އެއްވެސްވަރަކަށް ކާމިޔާބުވިތަ؟] ރީޙާން ބޭރަށް ނިކުތުމާއެކު، ހައިޝަމް އެއްސެވެ. ރީޙާން ހުރިހާ ވާހަކައެއް ހައިޝަމަށް ކިޔާދިނެވެ.
[އެހާ ދުވަހަށް ރީޙާން އިންތިޒާރު ކުރާނަން!؟] ހައިޝަމް ސައިކަލް ދުއްވާލިއެވެ.
[އާނ، ދިހަ އަހަރުން ރަށަށް އަޔަސް ވަރިހަމަ. އަހަރެން އިންތިޒާރު ކުރާނަން...ހައިޝަމަށްވެސް އިޙްސާސްވެސް ނުކުރެވޭނެ، އަހަރެން ނަޝްވާދެކެ ލޯބިވާ މިންވަރު. އެނގޭތަ، އަހަރެން ހާދަ ލޯބިވެޔޭ ނަޝްވާދެކެ.] ރީޙާން ބުންޏެވެ.
[މައްސަލައެއް ނެތް....މަޖުނޫނު ހެދިގެން އިންތިޒާރުކޮށްކޮށް ހުރޭ. އެކަމަކު ބުނަން، ޙަޔާތުން ބޭކާރު ގޮތުގައި އެންމެ ދުވަހެއްވެސް ދުއްވާނުލާތި.] ހައިޝަމް ރީޙާނާ ދިމާކުރަމުން ނަޞޭޙަތްތެރިވިއެވެ.
[އިރާދަކުރެއްވިއްޔާ، ޙަޔާތުގެ އެންމެ ދުވަހެއްވެސް ބޭކާރު ނުކުރާނަން.]
މިހާރު އެދެރަޙްމަތްތެރިން ދަތުރުކުރަމުންދާ ސައިކަލް ދުއްވަމުން އެދަނީ، އައްޑޫ ލިންކްރޯޑުން ހިތަދޫއަށެވެ. އެއީ އިރުއޮއްސި އަނދިރިވަމުން އައި ވަގުތު ކަމަށްވުމުން، ހައިޝަމް ގެޔަށްލުމަށްފަހު، އޭނާގެ ގެޔާ ދިމާ އަތިރިއަށް ފައިބާށެވެ. ނަމަވެސް، އެރޭ ހައިޝަމް ގެޔަށް ފައިބާކަށް ބޭނުމެއްނުވިއެވެ.
[ރޭގައި ރީޙާނަށް ފެނުނު ކަމަށް ބުނާ އަންހެން މަންޖެ ފެނޭތޯ އަހަރެންވެސް ދާނަން...] ހައިޝަމް ބުންޏެވެ. ހައިޝަމް މިހެން ބުނެފައި، ސައިކަލުގެ މިޞްރާބު ބަދަލުކުރީ، އަންހެން ކުއްޖާ ފެނުނު ކަމަށް ރީޙާން ބުނި ދިމާއަށެވެ.
[މިތަނުންތަ އަންހެން ކުއްޖާ ފެނުނީ؟] ސައިކަލް ޕާކް ކޮށްލުމަށްފަހު، ހައިޝަމް އެއްސެވެ.
[އާނ، ކޮންމެ ރެޔަކު އެކުއްޖަކު ދެން މިތަނަކަށް ނާންނާނެއެއްނު.] ސައިކަލުން ފައިބަމުން ރީޙާން ބުންޏެވެ.
[ތިހެންވީއިރު އަހަންނަކަށް ނުހުރެވޭނެ. ހިނގާ އަހަރެން ގެޔަށްލާން...] ހައިޝަމްގެ ޚިޔާލު ބަދަލުވިއެވެ. ހައިޝަމް ގެޔަށްލާފައިވެސް ރީޙާން އައީ އެތަނަށެވެ. ކޮންމެ ރެއެއްގެވެސް އިރިފުސްމެ (އިރާކޮޅު) ވަގުތު އެތަނުގައި ހޭދަކުރުމަކީ، އޭނާގެ އާދައެކެވެ. އެ އާދައިގެ މަތިން މިރޭވެސް އޭނާ އެތާނގައި އޮތް ލަކުޑިގަނޑުމަތީ ޖައްސާލިއެވެ.
އެރެޔަކީ ވިއްސާރަ ރެޔަކަށް ނުވިޔަސް، މުޅި ކާއިނާތްވެސް ވަނީ ތެތްފިނިކަމުގައެވެ. ރީޙާން އެ ލަކުޑިގަނޑުމަތީގައި ކުޑަކޮށް ބުރަކަށި ޖައްސާލާ ދިގުދެމިލިއެވެ. އެވަގުތު އޭނާގެ ނޭފަތުގައި އާދަޔާ ޚިލާފް މީރުވަހެއް ބީހިލި ކަހަލައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ނޭފަތް ދަމާލެވުނެވެ. އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް، އަންނަ ކޮންމެ ރޯޅިއަކާއެކު، އެ ހިތްގައިމު ވަސް ހުރެއެވެ. ހަމަގައިމުވެސް، އެއީ އޭނާ ދަންނަ ސެންޓެއްގެ ވަހެއް ނޫނެވެ.
[ރީޙާން.....] އެއިވުނީ ރޭގެވެސް އަޑެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ އަޑު އައީ ރީޙާނާ ދާދި ގާތުން ކަހަލައެވެ. ރީޙާން ފުންމައިގެން ތެދުވެއްޖެއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
[ކާކު...! ހައިޝަމް ކަލޭދޯ އަޑު ބަދަލުކޮށްގެން ތިއުޅެނީ؟] ރީޙާން ހީކުރީ ހައިޝަމް އަޑު ބަދަލުކޮށްގެން އޭނާ ބިރުގަންނަވަން މަސައްކަތް ކުރަނީ ކަމަށެވެ.
[ހައިޝަމެއް ނޫން...އަހަރެން...] މިފަހަރު އަޑު އިވުނީ ރީޙާންގެ ފުރަގަހުންނެވެ. ރީޙާން ސިހިފައި އެނބުރުނެވެ. ކުރިމަތީގައި އެހުރީ ރޭގައިވެސް އެތަނުން ދިމާވި އަންހެން ކުއްޖާއެވެ. އޭނާހުރީ ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން، ރީޙާނާ ދިމާއަށް ބަލަހައްޓައިގެނެވެ.
[ތީ ކާކުތަ! މިހިސާބުގައި ކޮންމެ ރެޔަކު ކީއްތަކުރަނީ؟] ރީޙާން އެއްސެވެ.
[ރީޙާން ތިތާ ކީއްތަކުރަނީ؟ އަހަންނަކީ....] އެވަގުތު ރީޙާނަށް އެ އަންހެން ކުއްޖާއަށް ރަނގަޅަށް ބަލައިލެވުނެވެ.
[އަހަރެން އަބަދުވެސް މިތަނަށް އަންނަން. އަހަރެންގެ ގެ އެ ފެންނަނީ. އަދިވެސް ނުބުނަމެއްނު، ތީ ކާކު ކަމެއް.] ރީޙާން އަނެއްކާވެސް ލަކުޑިގަނޑުމަތީގައި އިށީނދެލިއެވެ.
[އަހަންނަށް ކިޔަނީ ޝަބާބް....ރީޙާން ބޭނުމިއްޔާ ޝަބާވެސް ކިޔިދާނެ....ޙަޤީޤަތުގައި އަހަރެން މިހާރު މިތަނަށް މިއަންނަނީ ރީޙާނާ ބައްދަލުކުރަން.] އެ އަންހެން ކުއްޖާ، އާދެ! ޝަބާބް އޭނާގެ ތަޢާރަފަށްފަހު ބުންޏެވެ.
[އަހަންނާ ބައްދަލުކުރަނީ ކީއްކުރަން!؟] ރީޙާންގެ މާބޮޑު ޝައުޤެއް ނެތެވެ. މިހާރު އެކަށް އިރުއޮއްސި މުޅި ހިސާބުވެސް ވަނީ ވަރަށް ބޮޑަށް އަނދިރިވެފައެވެ. ވުމާއެކު، ރީޙާނަށް ޝަބާބްގެ މޫނުވެސް މާ ރަނގަޅަކަށް ނުފެނެއެވެ.
[މިރޭ ރީޙާން ނަޝްވާޔާ ބައްދަލުކުރަން ދިޔައީ ކީއްކުރަން؟] ޝަބާބްގެ މި ސުވާލުން ރީޙާން ވަރަށް ބޮޑަށް ޙައިރާންވިއެވެ. އޭނާ ނަޝްވާޔާ ބައްދަލުކުރިކަން މި ކުއްޖާއަށް އެނގުނީ ކިހިނެއްބާއެވެ؟
[ބަލަ! އަހަރެން ނަޝްވާޔާ ބައްދަލުކުރިކަން އެނގުނީ ކިހިނެއް؟] ރީޙާން އެއްސެވެ.
[ފުރަތަމަ އަހަރެންގެ ސުވާލަށް ޖަވާބުދީ.] ޝަބާބް އެދުނެވެ.
[އަހަރެން ނަޝްވާޔާ ބައްދަލުކުރީ ލޯބިވާތީ...] ރީޙާން އެއްވެސް ފަސްޖެހުމެއްނެތި ތެދު ހާމަކުރިއެވެ.
[އަހަރެންވެސް މިތަނަށް މިއައީ ރީޙާންދެކެ ލޯބިވާތީ....ލޯބިވާތީ...] ނުހަނު ޢިޝްޤީ އަސަރުގައި މިހެން ބުނަމުން، ޝަބާބް ރީޙާންގެ އަތުގައި ހިފިއެވެ. ވަގުތުން ރީޙާން ޝަބާބްގެ އަތް ފޮޅުވާލިއެވެ.
[ކިހިނެއްވީ؟ ޤަބޫލު ނުކުރެވެނީތަ. އަހަރެންގެ ލޯތްބަށް އިތުބާރުކުރޭ. އަހަންނަށް އެނގިފައިވާ ގޮތުގައި، ސްކޫލް ނިމުމާއެކު، ނަޝްވާ ފުރައިގެންދާނެ.] ޝަބާބް އަނެއްކާވެސް ރީޙާނާ ގާތަށް ޖެހެން ފެށިއެވެ.
[ޝަބާބް ތިގޮތަށް އަހަންނަށް އުނދަގޫ ނުކުރޭ...ޝަބާބްގެ ޚިޔާލަކަށްވެސް ނާންނާނެ، އަހަރެން ނަޝްވާދެކެ ލޯބިވާ މިންވަރު...] މިހެން ބުނެފައި ރީޙާން ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
[ރީޙާން...އަދި މަޑުކޮށްބަލަ...] ރީޙާން ހިނގައިގަތީމާ، ޝަބާބް ރީޙާން ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ރީޙާން އިތުރަކަށް މަޑެއް ނުކުރެއެވެ.
އެރެއަށްފަހު، ޝަބާބްގެ ކިބައިން ސަލާމަތްވުމަށްޓަކައި ރީޙާން އެތަނަށް ދިޔުން ހުއްޓާލިއެވެ. ރެޔަކުން ކުރެ ރެޔަކު ދިޔަޔަސް އޭނާ ދަނީ އޭނާގެ ރަޙްމަތްތެރިޔާ ހައިޝަމާ އެކުގައެވެ.
އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ރީޙާނާއި ނަޝްވާގެ މަދްރަސީ ދައުރުވެސް ނިމިއްޖެއެވެ. މާރަނގަޅު ނަތީޖާއެއް ރީޙާނަށް ނުލިބުނަސް، އޭ ލެވެލްއިން މުޅި ރާއްޖެއިން އެއްވަނަ ލިބި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ނަޝްވާއަށް ލިބުނެވެ. ނަޝްވާގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިވިއެވެ. މެޑިސިން ހަދައިގެން އައިސް އަތޮޅުގެ ރައްޔިތުންނަށް ޚިދްމަތް ކުރުމަކީ، ނަޝްވާ ދެކެމުންދާ ފޮނި ހުވަފެނެކެވެ.
[ނަޝްވާ...މަރުޙަބާ...ނަޝްވާގެ ތި ކާމިޔާބަށް އަހަރެންވެސް ވަރަށް އުފާކުރަން. ނަޝްވާ އަހަރެން އިންތިޒާރު ކުރާނަން....] ރީޙާން ނަޝްވާއާ ވާހަކަ ދެއްކީ ފޯނުންނެވެ.

ކިޔުންތެރިންގެ ހިޔާލު