މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނާއި ފައިނޭންސިން ދޫކުރާ އުމުރުގެ މަތީ ލިމިޓް 60 އަހަރުން 75 އަހަރަށް ބަދަލުކޮށް، ގިނަ ބަޔަކަށް ލުއިތަކެއް ދީފިއެވެ.
މި ބަދަލަކީ އިއްޔެ ބޭއްވުނު ބޭންކުގެ ބޯޑު ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި މެދު އުމުރުގެ މީހުންނަށް ލޯނު ނެގުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ކުރިން އޮތް އުސޫލުން 60 އަހަރުން މަތީގެ މީހުންނަށް ލޯނު ދޫނުކުރާތީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ.
މިސާލަކަށް، އުމުރުން 55 އަހަރުގެ މީހަކަށް ކުރިން ދޫކުރެވެނީ އެންމެ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމަންޖެހޭ ލޯނެއް ނަމަވެސް، އުމުރުގެ ލިމިޓް 75 އަހަރަށް ބަދަލުވުމުން 20 ނުވަތަ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި މި ބަދަލަކީ ހާއްސަކޮށް ގެދޮރު ގަތުމަށާއި އެހެނިހެން މުހިންމު ކަންކަމަށް ފައިސާ ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ. މީގެ ސަބަބުން މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ކުޑަވެ، ލޯނު ދެއްކުމުގައި އޮންނަ ބުރަ ލުއިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އަށް ވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ހޯދާފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެ ބޭންކުން ވަނީ ޖުމްލަ 5 ބިލިއަން ރުފިޔާގެ ލޯނު އެކި ފަރާތްތަކަށް ދޫކޮށްފައެވެ.
އޮކްޓޯބަރު 2024 ގައި ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަރީފްގެ ދަށުން ބޭންކުން އަންނަނީ ކަސްޓަމަރުންނަށް ފަސޭހަވާނެ މިފަދަ އިތުރު ބަދަލުތައް ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު