މަރްޔަމް ނަހްދާ ވަޙީދު   21 އޭޕްރީލު 2026 - 18:29
ލ. ހިތަދޫ
ލ. ހިތަދޫ
ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު އުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ގޮތާ ގުޅޭގޮތުން މީޑިއާއަކަށް މައުލޫމާތު ދެމުން ހިތަދޫ ކައުންސިލަރު ޢަބްދުލްވާޙިދު އިދުރީސް ވިދާޅުވީ، އެ ޒުވާނާ މަސް ހިފަން އުޅުމުގެ ތެރޭގައި، މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ފަރުގެ ގަލެއްގައި ތާށިވީ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާއިން މިހާރު ދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު