ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 23 އަހަރުގެ ޖަލު ހުކުމް، އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ބައްސާމްގެ މައްޗަށް 23 އަހަރުގެ ހުކުމެއް އައީ، ކޮވިޑް-19 އާ ގުޅިގެން ކްލަބުތަކަށް އެހީތެރިވުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި ރިލީފް ލޯނުގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު، ޚިޔާނާތުގެ ކުށުގައި އަށް އަހަރުގެ ހުކުމެއް ވަނީ އިއްވާފައެވެ.
މި މައްސަލަ ބައްސާމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ކުރެއްވި ހުކުމުގައިވާ ގޮތުން، ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ލިބުނު 1.2 މިލިއަން ޑޮލަރު ބައްސާމް ބޭނުންކޮށްފައިވަނީ އަމިން އެވެނިއުން ދެ ޕެންޓްހައުސް ގަތުމަށެވެ. ދައުވާގައި ބުނެފައިވާ ގޮތުގައި، ޑޮލަރު މާރުކުރުމުގެ ނަމުގައި އެފްއޭއެމްގެ އެކައުންޓުން ފައިސާ ނެރުމަށްފަހު، އެ ފައިސާ ވަނީ އެޕާޓްމެންޓް ގަތުމަށްޓަކައި އަމިން އެވެނިއުއަށް ޖަމާކޮށްފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ ފާހަގަކުރެއްވި ގޮތުގައި، އެއް މިލިއަން ޑޮލަރު މާރުކުރަން ކަމަށް ބުނެ އެފްއޭއެމްއިން ފައިސާ ނެރެފައިވީ ނަމަވެސް، އެ ފައިސާ އަނބުރާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތެވެ. އަދި ފައިސާ މާރުކުރުމަށްފަހު އެފްއޭއެމްއަށް ވެއްދި ކަމަށް ބުނާ ޗެކަކީ ސައްހަ ޗެކެއް ނޫންކަން ވެސް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން، ފައިސާގެ އަސްލު އޮޅުވާލަން ބައްސާމް މަސައްކަތް ކޮށްފައިވާ ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
ބައްސާމް މިހާރު ވެސް ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ކުރިން ސާބިތުވި ޚިޔާނާތުގެ މައްސަލައެއްގައި އިއްވި ހަތަރު އަހަރުގެ ހުކުމާއި، މަނީ ލޯންޑަރިންގެ މައްސަލައެއްގައި އިއްވި ފަސް އަހަރުގެ ހުކުމެވެ. މީގެ އިތުރުން، އެންމެ ފަހުން އިއްވި 23 އަހަރުގެ ހުކުމާއެކު، އޭނާގެ މައްޗަށް އައިސްފައިވާ ޖުމްލަ ޖަލު ހުކުމުގެ މުއްދަތު މިހާރު ވަނީ 32 އަހަރަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު