އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އޭނާގެ "އިތުބާރު" ކެމްޕޭން ރަސްމީކޮށް ރޭ އިފުތިތާހު ކުރައްވައިފި އެވެ.
އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، އޭނާގެ އަމާޒަކީ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް، ގްރާސްރޫޓް މެންބަރުންގެ ބައިވެރިވުމާއެކު ޕާޓީ ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އޭނާގެ ޗެއާޕާސަން ކަމުގެ ދަށުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވާނެ ކަމަށް ވެސް މީކާއިލް ވައުދުވެވަޑައިގެންނެވި އެވެ.
މީކާއިލްގެ ކެންޑިޑޭސީއަށް ޕާޓީގެ އިސް ސަފުން ބޮޑު ތާއިދެއް އޮތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ތާއިދު ވެސް އޭނާއަށް އެބައޮތް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެންބަރުން ވެސް ތިއްބެވީ އޭނާއާ އެކުގައި ކަމަށް މީކާއިލް ވިދާޅުވި އެވެ. މި އިންތިހާބުގައި ދެން ވާދަކުރައްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެވެ.
މީކާއިލްއަކީ 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގައި ސާބިތުކަމާއެކު ހުންނެވި، ޒުވާނުންގެ ހިތްވަރުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު މަދު ގޮނޑިތަކުގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި އޭނާ ވަނީ ޕާޓީގައި އޮތް މަގުބޫލުކަން ސާބިތުކޮށްދެއްވާފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޗެއާޕާސަން އަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކުރާ، ޕާޓީގެ އިދާރީ އަދި ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތެވެ. މީގެ ތެރޭގައި ގައުމީ މަޖިލީހާއި ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓުމާއި، އެހެން ސިޔާސީ ޕާޓީތަކާއި ސަރުކާރާއެކު މުއާމަލާތް ކުރުން ފަދަ މުހިންމު ޒިންމާތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު