ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ތެރަޕީ އާއި ނޭވާލުމުގެ ކަސްރަތުތަކުގެ އެހީގައި ހާސްކަމުން ދުރުވެ، ދުޅަހެޔޮ ގޮތެއްގައި ބަރުދަން ކޮންޓްރޯލް ކުރާށެވެ.
ސްޓްރެސް ނުވަތަ ނަފްސާނީ ބުރަބޮޑުވުމުގެ ސަބަބުން ބަރުދަން ލުއިވެދާނެ ހެއްޔެވެ؟ އާނއެކެވެ. މާބޮޑަށް ފިކުރުބޮޑުވުމަކީ އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ބަރުދަން ލުއިވާން މެދުވެރިވާ ކަމެކެވެ. މީގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށާއި، ހިތުގެ ދުޅަހެޔޮކަމަށާއި، އުޅުމަށާއި، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ އިތުރުން ބަލިތަކުން ދިފާޢުވުމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރެއެވެ. މީގެ އިތުރުން، މިއީ ހަށިގަނޑުގައި ގަނޑުލޭ ނުވަތަ ޓިއުމަރު އުފެދުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން، ސްޓްރެސްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވުން މުހިންމެވެ. ތިބާއަކީ އަބަދު ފިކުރުބޮޑުވެ، އޭގެ ސަބަބުން ބަރުދަން ލުއިވަމުންދާ މީހެއްނަމަ، މި ލިޔުމަކީ ތިބާއަށް ވަރަށް މުހިންމު ލިޔުމެކެވެ.
ސްޓްރެސްގެ ސަބަބުން ބަރުދަން ލުއިވަނީ ކީއްވެ؟
ސްޓްރެސް ހޯރމޯންތައް އުފެދުން:
އަބަދު ފިކުރުބޮޑުވުމުގެ ތެރޭގައި އުޅޭނަމަ، ހަށިގަނޑު ހުންނާނީ އަބަދުވެސް "ފްލައިޓް އޯ ފައިޓް" (ނުރައްކަލަކަށް ތައްޔާރުވެފައިވާ) ޙާލަތެއްގައެވެ. މީގެ މާނައަކީ ހަށިގަނޑުގައި އެޑްރެނަލިން އާއި ކޯޓިޒޯލް ފަދަ ސްޓްރެސް ހޯރމޯންތައް އުފެދުން އިތުރުވުމެވެ. މި ހޯރމޯންތަކުގެ ސަބަބުން ކާތަކެތި ހަޖަމުކުރުމަށާއި، ބަލިތަކުން ދިފާޢުވުމަށާއި، ނިދުމުގެ އާދަތަކަށް ބުރޫއަރައެވެ. އެޑްރެނަލިންގެ ސަބަބުން ކާހިތްވުން ކުޑަކޮށްދޭއިރު، ކޯޓިޒޯލްގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމާއި ދިފާޢީ ނިޒާމުގެ މަސައްކަތްތައް މަޑުޖައްސާލައެވެ.
ކާހިތްވުމާއި ހަޖަމުކުރުމަށް އަސަރުކުރުން:
ސްޓްރެސްގެ ސަބަބުން "ވޭގަސް ނާވް" (Vagus nerve) އަށް އަސަރުކުރެއެވެ. މިއީ ކާތަކެތި ހަޖަމުކުރުމުގެ ނިޒާމުގެ ތެރޭގައި ދައުރުވުމަށް އެހީތެރިވެދޭ މައިގަނޑު ނާރެވެ. ސްޓްރެސް ބޮޑުވުމުން ހަޖަމުކުރުމުގެ ނިޒާމަށް މައްސަލަތައް ދިމާވެ، ބޮޑުކަމުދާ އެއްޗެހި ދިޔާވުން ނުވަތަ ބަނޑުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެއެވެ.
ކެލޮރީ އަންދާ މިންވަރު އިތުރުވުން:
ސްޓްރެސްގައި ހުންނައިރު، ނޭނގި ނަމަވެސް ހަށިގަނޑުގެ ބައެއް ގުނަވަންތައް ހަރަކާތްތެރިކުރުން (މިސާލަކަށް ފައި ތަޅުވުން ނުވަތަ އިނގިލިތަކުން ތަޅައި ހެދުން) އިތުރުވެއެވެ. މީގެ ސަބަބުން އިތުރަށް ކެލޮރީ އަންދައެވެ. ބައެއް މީހުން ސްޓްރެސް ކަނޑުވައިލުމަށްޓަކައި އާދަޔާ ޚިލާފަށް ގިނައިން ކަސްރަތު ކުރުމުގެ ސަބަބުން ވެސް ބަރުދަން ލުއިވެއެވެ.
ނިދުމަށް އަސަރުކުރުން:
ސްޓްރެސްގެ ސަބަބުން ނިދަން އުނދަގޫވެ، ނިދި މަދުވުމަކީ ހަށިގަނޑުގައި ކޯޓިޒޯލް އުފެދޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން އަބަދު ވަރުބަލިވެފައި ހުރުމާއި ބަރުދަން ލުއިވުން މެދުވެރިވެއެވެ.
ސްޓްރެސްގެ ސަބަބުން ބަރުދަން ލުއިވުމުގެ އަލާމާތްތައް:
• އާދަޔާ ޚިލާފަށް ވަރުބަލިވުން
• ނިދަން އުނދަގޫވުން
• ހަޖަމުކުރުމުގެ މައްސަލަތައް ދިމާވުން
• ހަށިގަނޑާއި ކަރުގެ މަސްތަކުގައި ރިއްސުން
• އަވަސްއަވަހަށް މިޒާޖު ބަދަލުވުން
• ހިތް ތޅުވުން ނުވަތަ މެޔަށް ނުބައި ގޮތްތަކެއްވުން
• ކާހިތްވުން ކުޑަވުން
• ނޭނގި ނަމަވެސް ނިޔަފަތި ކެއުން ނުވަތަ ފައި ތަޅުވުން
ބަރުދަން ލުއިވުން ކޮންޓްރޯލް ކުރުމަށް 10 އިރުޝާދެއް:
1. ސްޓްރެސްވާ ސަބަބު ދެނެގަތުން: އެންމެ ފުރަތަމަ ކަމަކީ ތިމާ ހުރީ ސްޓްރެސްގައިކަން ގަބޫލުކޮށް، އެކަން މެދުވެރިވާ ސަބަބު (މިސާލަކަށް ވަޒީފާ، އާއިލީ މައްސަލަ ނުވަތަ ފައިސާގެ ދަތިކަން) ދެނެގަތުމެވެ.
2. ފުންކޮށް ނޭވާލުން: ހާސްވާ ވަގުތުތަކުގައި ލޯ މަރާލައިގެން އިނދެ 1 އިން 5 އަށް ގުނަމުން ފުންކޮށް ނޭވާލާށެވެ. މިއީ ވަގުތުން ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ.
3. އިހުސާސްތައް ލިޔުން: ހިތަށް އަރާ ކަންތައްތަކާއި ދިމާވާ މައްސަލަތައް ކަރުދާހުގައި ލިޔުމަކީ ހިތަށް ލުއިކަން ލިބޭނެ ކަމެކެވެ.
4. އެހީތެރިކަން ހޯދުން: އެކަނި ކަންކަން ހައްލުކުރަން ނޫޅޭށެވެ. އިތުބާރު ހުރި ރަހުމަތްތެރިއަކާ ނުވަތަ ޕްރޮފެޝަނަލް ކައުންސިލަރަކާ ވާހަކަދައްކާށެވެ.
5. މަދުން ނަމަވެސް ގަވާއިދުން ކެއުން: ކާހިތް ނުވި ނަމަވެސް، މަދުމަދުން ކާއެއްޗެހި ނުވަތަ ޖޫސް ފަދަ ތަކެތި ބޭނުންކުރާށެވެ.
6. ކަސްރަތަށްފަހު ފައިދާހުރި ކާތަކެތި ބޭނުންކުރުން: ގަވާއިދުން ކަސްރަތު ކުރާނަމަ، ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އާއި ކާބޯހައިޑްރޭޓްސް ލިއްބައިދޭ ބުއިންތައް ބޭނުންކުރާށެވެ.
7. އައު ހުނަރެއް ދަސްކުރުން: އައު ކަމެއް ދަސްކުރުމަކީ ސިކުނޑި އެހެން ކަމަކަށް ހުސްކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ.
8. ވަޒީފާގެ ދާއިރާއިން އައު ގުޅުންތައް އުފެއްދުން: މަސައްކަތުގެ މާހައުލުން ބޭރު މީހުންނާ ވާހަކަދެއްކުމަކީ ވިސްނުން ފުޅާވެ، ހާސްކަން ކުޑަވާނެ ކަމެކެވެ.
9. ގިނައިން ފެން ބުއިން: ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށް، ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި ގިނައިން ފެނާއި ތާޒާ މޭވާގެ ޖޫސް ބޯށެވެ.
10. ކަންކަން ވަކިކުރުން: ވަޒީފާގެ މައްސަލަތައް އާއިލީ ދިރިއުޅުމުގެ ތެރެއަށް ނުވެއްދުމަށް މަސައްކަތް ކުރާށެވެ. ކޮންމެ ކަމަކަށް ވެސް ވަކި ވަގުތެއް ކަނޑައަޅާށެވެ.
ސްޓްރެސްގެ ދިގު މުއްދަތުގެ ނޭދެވޭ އަސަރުތައް:
ދިގު މުއްދަތަކަށް ސްޓްރެސް އާއި ހާސްކަމުގެ ތެރޭގައި އުޅުމަކީ ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. މީގެ އިތުރުން ދިފާޢީ ނިޒާމު ބަލިކަށިވެ، އަވަސްއަވަހަށް ބަލިވުމަށް މެދުވެރިވެއެވެ.
ސްޓްރެސް އާއި ބަރުދަން ލުއިވުމަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަމެކެވެ. ނަމަވެސް މިގޮތަށް ބަރުދަން ލުއިވުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެކެވެ. އެހެންކަމުން، ސްޓްރެސްވާ ސަބަބުތައް ދެނެގަނެ، އެކަންކަން މެނޭޖްކުރަން ދަސްކުރުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަމިއްލައަށް މިކަންކަން ހައްލުނުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދުމަށް ސަމާލުކަން ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު