އެމްޕީއެލް ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރު ހުސައިން ޝަފީގް
އެމްޕީއެލް ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރު ހުސައިން ޝަފީގް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިއަދުން ފެށިގެން އައު ބޭފުޅަކު ވަނީ އައްޔަނުކުރައްވާފައެވެ.

މި މަގާމުތަކަށް އައްޔަނުކުރައްވާފައިވަނީ މާލޭ ދަފްތަރު ނަންބަރު ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤެވެ.

ޕީސީބީން ބުނެފައިވާ ގޮތުގައި މި ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް ހުރި މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ގެނެވުނު ބަދަލެކެވެ.

ޙުސެއިން ޝަފީޤު އެމްޕީއެލްގެ ހިންގުމާ ހަވާލުވެވަޑައިގެންނެވިއިރު، އެމްޕީއެލްއަކީ ރާއްޖޭގެ އިގްތިސާދުގެ މައި އެއް ނާރެހެވެ. އެހެންކަމުން، އައު މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން ބަނދަރުގެ ޚިދުމަތްތައް ޒަމާނީކުރުމާއި، ކުންފުނީގެ ފައިދާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު