ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް، އެމްޑީޕީގެ އިސްލީޑަރ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "ލޮލް" ޖައްސަވައި މަލާމާތުގެ ރައްދެއް ދެއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކޮށް ރައީސް ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ މިފަދަ ރައްދެއް ދެއްވީ، އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ރޭ ބޭއްވި އިހުތިޖާޖެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އެގޮތުން ގާނޫނުއަސާސީއާއި ރާއްޖޭގެ ދައުލަތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަކުރަށްވައި، ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނަމަ މުޅި ރާއްޖޭގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ޖޯކު ޖައްސަވަމުން ފަޒްނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވި ކަމުގައިވީ ނަމަވެސް، އެމްޑީޕީން ދިޔައީ މުޒާހަރާތަކާއި މަސައްކަތު ބައްދަލުވުންތަކާއި އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
ހަމައެއާއެކު ފަޒްނާ ވިދާޅުވީ، ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގައި އެމްޑީޕީން ގޮނޑިތައް ކާމިޔާބު ކުރުމަކީ ޕާޓީގެ މެންބަރުން އަމަލީ މައިދާނުގައި ކުރި ހިތްވަރުގަދަ އަދި މެދުކެނޑުމެއްނެތް ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
ފަޒްނާ "ލޮލް" އަކުން ރައީސް ނަޝީދަށް ޖޯކު ޖައްސަވާފައިވާއިރު، ރައީސް ނަޝީދުގެ ގޮވާލެއްވުމަށް ރައީސް މުއިއްޒު ދެއްވި ރައްދުގައި ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކީ ރައްޔިތުން އެމަނިކުފާނަށް ޙަވާޅުފައިވާ މެންޑޭޓާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން، ރައީސް ނަޝީދު ހުށަހެޅުއްވި މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވަނީ ސީދާކޮށް އިންކާރު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު