މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން ކޮށްފައިވާ އިއުލާނާއި އިންތިޚާބުގެ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ނިންމުންތަކެއް ކަމަށް ބުނެ، އެ އިއުލާން ބާތިލްކުރުމަށް އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުން އެދިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް އަހުމަދު އަބްދުالله އަފީފް، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައެވެ. މި ސިޓީގައި ވިދާޅުވެފައިވަނީ، 12 ޖޫން 2026 ގައި ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ނިންމައި 22 އެޕްރިލް 2026 ގައި ކޮށްފައިވާ އިއުލާނަކީ އޭނާ އިރުޝާދު ދެއްވާފައިވާ ގޮތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އަހުމަދު އަބްދުالله އަފީފް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ އިންތިޚާބުގެ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސާ އެވެ. އެހެންކަމުން، އޭނާއަށް ނާންގައި ޕާޓީގެ އެއްވެސް ގުނަވަނަކުން މިފަދަ ނިންމުމެއް ނިންމުމަކީ އަސާސީ ގަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ސިޓީގައިވެއެވެ.
އިންތިޚާބާ ބެހޭ ކޮމިޓީން އެކުލަވާލި ޓައިމްލައިނާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެއީ ހަމައެކަނި ކޮމިޓީން ދިން ލަފައެއް ކަމަށާއި، އެކަމުގައި ގޮތެއް ނިންމާނީ ޕާޓީގެ ލީޑަރުންނާއި ޗެއާއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ކުރިންވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މަސްލަހަތު ގެއްލިދާނެ ފަދަ ނިންމުންތައް ނުނިންމުމަށްވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކޮށްފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އަފީފް ވިދާޅުވީ، އެ މެމްބަރުންނަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުދީ އިންތިޚާބު ބޭއްވުމަކީ މެމްބަރުންނާއި ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.
އެހެންކަމުން، މިހާރު އިއުލާންކޮށްފައިވާ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކޮންމެވެސް ބަޔަކު ނިންމާފައިވާ ނިންމުންތަކެއް ކަމަށްވާތީ، އެ ނިންމުންތައް ބާތިލުކަން އިއުލާންކޮށްދިނުމަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު