ދިވެހިރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމުގެ މައި ދޮރާށި ކަމުގައިވާ މާލޭ ވިޔަފާރި ބަނދަރުގެ ހިންގުން ބޮއްސުންލައި، މުޅި ގައުމުގެ އިގްތިސާދު ނުރައްކާތެރި ފައްތަރަކަށް ވެއްޓިއްޖެއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުންދާ މި ބަނދަރުގެ ހިންގުން ހީނަރުވެ، މުދާ ކްލިއަރ ކުރުމުގައި ކުރިމަތިވަމުންދާ އާދަޔާ ހިލާފު ލަސްތަކުގެ ސަބަބުން ވިޔަފާރިވެރިންނާއި ޝިޕިންގ ލައިންތަކުގެ ކެތްތެރިކަން މިހާރު ވަނީ ކޮޅުންލާފައެވެ. ސަރުކާރުން މި މައްސަލައަށް "އިމީޑިއޭޓް އެޓެންޝަން" ނުވަތަ ކުއްލި ސަމާލުކަމެއް ދީގެން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މުޅި ރާއްޖޭގެ އިގްތިސާދަށް އަތްނުފޯރާ ފަދަ ބޮޑު ލޮޅުމެއް އައުމަކީ މިހާރު އޮތް އެންމެ ބޮޑު ބިރެވެ.
ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 އޮކްޓޯބަރުން 2026 މާރޗް އަށް، ބަނދަރުގެ ހާލަތު އޮތީ ވަރަށް ނާޒުކު ދަރަޖައެއްގައެވެ. ބައެއް ކޮންޓޭނަރުތައް ބަނދަރުގައި ހުންނަ މުއްދަތު 15 ދުވަހުން 24 ދުވަހަށް އިތުރުވެފައިވާއިރު، ބޯޓުފަހަރު ބަނދަރުގައި މަޑުކުރަންޖެހޭ ދުވަހުގެ އަދަދު 8 ދުވަހުން 20 ދުވަހަށް ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ބައެއް ޝިޕިންލައިންތަކުން މަހަކު ދައްކަންޖެހޭ ސްޓޯރޭޖް ފީ 2.6 ލައްކަ ރުފިޔާއިން 1.4 މިލިއަން ރުފިޔާއަށް މިވަނީ އުފުލިފައެވެ. މިއީ ސީދާ ރައްޔިތުންގެ ޖީބަށް އަންނަ ބުރައެކެވެ. ސަބަބަކީ މިފަދަ ހަރަދުތައް ބޮޑުވުމުން މުދަލުގެ އަގު އިންތިހާއަށް އުފުލިގެންދާނެތީއެވެ.
އެމްޕީއެލް އިން ބުނަމުންދަނީ ބަނދަރު ތޮއްޖެހެނީ ޖާގައިގެ ދަތިކަމާއި، ބޮޑެތި ބޯޓުފަހަރު އައުން އިތުރުވުމުން ކަމަށެވެ. ބަނދަރުގެ ކެޕޭސިޓީއަކީ 100-500 ޓީއީޔޫ ކަމަށްވީ ނަމަވެސް، މިހާރު 2200 އަށްވުރެ ގިނަ ޓީއީޔޫ ހޭންޑަލް ކުރަންޖެހުމަކީ މައްސަލައެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މިކަމަށް އޮތް ހަމައެކަނި ހައްލަކީ ތިލަފުށީ ބަނދަރު ކަމަށް ބުނެ، މިހާރު ކުރިމަތިވެފައިވާ ހިންގުމުގެ ނާގާބިލިއްޔަތުކަން ފޮރުވަން އެމްޕީއެލް އިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޝިޕިންގ ދާއިރާގެ ތަޖުރިބާކާރުން ބުނަނީ މިއީ މުޅިން ތަފާތު ވާހަކައެއް ކަމަށެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މައްސަލައަކީ ހަމައެކަނި ޖާގައިގެ ދަތިކަމެއް ނޫނެވެ. ފާއިތުވި މަސްތަކުގައި ބަނދަރުގެ ޕާފޯމަންސް އިންތިހާއަށް ދަށްވެފައިވަނީ ބަނދަރު ބަލަހައްޓާ އިކުއިޕްމެންޓްތަކުގެ ހާލަތު ދަށްވުމާއި، ބަނދަރުގެ ހިންގުމުގެ ފޯކަސް ގެއްލިފައިވުމުން ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި ބަނދަރަށް އަންނަ މުދަލުގެ މިންވަރު 'ސިގްނިފިކަންޓް' މިންވަރަކަށް އިތުރުނުވާއިރު، މުދާ ކްލިއަރ ނުވެ ގިނަދުވަސްވަނީ ހިންގުމުގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުންނެވެ.
މި ހާލަތުން އަރައިގަތުމަށް އަވަސް ބަދަލެއް ނައިސްފިނަމަ، ޝިޕިންގ ލައިންތަކުން 'ޕޯޓް ކޮންޖެސްޝަން ޗާޖު' ނަގަން މަޖުބޫރުވާނެއެވެ. އަދި މިހާރުވެސް ބައެއް ބޮޑެތި ޝިޕިންގ ލައިންތަކުން ދަނީ ރާއްޖެއަށް މުދާ ގެނައުން ވަގުތީ ގޮތުން ހުއްޓާލުމަށް ވިސްނަމުންނެވެ. އެފަރާތްތަކުގެ ކަންބޮޑުވުމަކީ ތިލަފުއްޓަށް މުދާ ގެންދިޔުމަށްފަހު އެތަކެތި އަނބުރާ ނުގެނެވުމާއި، ސްޓޯރޭޖް ބިލްތައް އަތްނުފޯރާ ފަށަށް އަރައިގެން ދިޔުމެވެ. ބިލުތައް އިންތިހާއަށް ބޮޑުވެ، މުދާ ބޭލޭނެ ގޮތެއް ނެތް ނަމަ، އޮތް ހަމައެކަނި ހައްލަކީ ހިދުމަތް ހުއްޓާލުން ކަމަށް ޝިޕިންގ ދާއިރާގެ ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ބުނެއެވެ. މީގެ ނަތީޖާއަކަށް ވާނީ ބާޒާރުގައި މުދަލުގެ އަގު އުފުލި، މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ. ތިލަފުށީގެ އާ ބަނދަރަކީ ދާއިމީ ހައްލެއް ކަމަށް އެމް.ޕީ.އެލް އިން ބުނި ކަމުގައިވިޔަސް، އެ ބަނދަރު ނިމެންދެން މިހާރު އޮތް ބަނދަރު މިގޮތަށް ދޫކޮށްލުމަކީ ގައުމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ހަމައެކަނި ތިލަފުށީ ބަނދަރުގެ އުއްމީދުގައި ތިބުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. ސަކާރުން މިހާރުން މިހާރަށް ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ބަނދަރުގެ ހިންގުމަށް ސިޔާސީ މީހުންނަށްވުރެ ބޮޑަށް، މި ދާއިރާގެ ފަންނީ އަދި ތަޖުރިބާކާރު މީހުން އައްޔަންކޮށް އޮޕަރޭޝަންތައް ހަރުދަނާކުރުން ހިމެނެއެވެ. އަދި ބަނދަރުގައި ބޭނުންކުރާ މެޝިނަރީތައް މަރާމާތުކޮށް، މަސައްކަތް އަވަސްކުރެވޭނެ އާލާތްތައް ހޯދުމަކީ މިހާރުން މިހާރަށްވެސް ކުރަން މަޖުބޫރު ކަމެކެވެ. މީގެ އިތުރުން، ބަނދަރުގެ އިހުމާލުން މުދާ ކްލިއަރ ނުވެ ގިނަދުވަސްވާތީ، ވިޔަފާރިވެރިންނަށް ކުރިމަތިވާ ސްޓޯރޭޖް ފީގެ ބުރައަށް ވަގުތީ ލުޔެއް ދިނުމާއި، ކަސްޓަމްސްއާއި އެމްޕީއެލް ގުޅިގެން މުދާ ދޫކުރުމުގެ މަރުހަލާތައް ޒަމާނީކޮށް އަވަސްކުރުން ފަދަ ކަންކަން ހިމެނެއެވެ.
މާލޭ ބަނދަރަކީ ގައުމުގެ އިގްތިސާދުގެ ހިތެވެ. މި ހިތުގެ ވިންދު ހުއްޓުމުގެ ކުރިން، ސަރުކާރުން ކުއްލި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ބަނދަރުގެ ހިންގުން ހަރުދަނާ ނުކޮށްފިނަމަ، އޭގެ ހިތި ނަތީޖާ މުޅި ގައުމަށް ތަހައްމަލު ކުރަންޖެހޭނެއެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ، ދިވެހިރާއްޖޭގެ މުޅި އިގްތިސާދީ ނިޒާމު ބަނގުރޫޓުވުމުގެ ބިރު އެބައޮތެވެ. މިއީ ހަމައެކަނި ވިޔަފާރިވެރިންގެ މައްސަލައެއް ނޫނެވެ. މިއީ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ގައުމީ މައްސަލައެކެވެ. އިގްތިސާދީ ފުން ވަޅުގަނޑަކަށް ގައުމު ވެއްޓުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކުން ހޭލާ، އިހުލާސްތެރިކަމާއެކު މި މައްސަލައަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދައިދޭން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު