އިންސާނާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގައި ހުންނަ ފެން މަދުވަމުންދާކަން ސައިންސްވެރިން ފާހަގަކުރެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނާ ދުނިޔެއަށް އުފަންވާއިރު، ހަށިގަނޑުގެ ގާތްގަނޑަކަށް 65 އިންސައްތައަކީ ފެނެވެ. ނަމަވެސް، ބޮޑުވަމުންދާ ވަރަކަށް މި ނިސްބަތް ދަށްވެ، ފިރިހެނުންގެ ހަށިގަނޑުގައި 60 އިންސައްތަ އަދި އަންހެނުންގެ ހަށިގަނޑުގައި 55 އިންސައްތައަށް ފެން މަދުވެއެވެ.
އަދި އުމުރުން ދުވަސްވުމުން މި އަދަދު 50 އިންސައްތައަށް ވެއްޓިގެންދެއެވެ. މި ބަދަލު އަންނަ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ މަސްތަކަކީ ފެން ރައްކާކުރާ މައިގަނޑު ތަނަކަށް ވެފައި، އުމުރުން ދުވަސްވުމުން މަސްތައް މަދުވެ ސާބި ފެން މަދު ސަރުބީ އިތުރުވުމެވެ.
ހަށިގަނޑުގެ ފެނުގެ ބޮޑުބައެއް ހުންނަނީ ލޭގެ ތެރޭގައެއް ނޫނެވެ. އޭގެ ބަދަލުގައި، ފެން އެންމެ ގިނައިން ހުންނަނީ ހަށިގަނޑުގައިވާ 100 ޓްރިލިއަނަށްވުރެ ގިނަ ސެލްތަކުގެ ތެރޭގައެވެ. ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަންތައް ކަމަށްވާ ސިކުނޑި، ހިތް، އަދި ފުއްޕާމޭގެ 65 އިން 85 އިންސައްތައަކީ ފެނެވެ.
ހަމައެހެންމެ، ހަރުކޮށް ހުންނަ ކަށިތަކުގައިވެސް 31 އިންސައްތަ ފެން ހުރެއެވެ. މި ފެނަކީ ހުޅުތައް މަސައްކަތްކުރުމަށާއި، ކަށިތައް ރައްކާތެރިކުރުމަށާއި، އަދި ސިކުނޑީގެ މަސައްކަތްތައް ފުރިހަމައަށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
އެހެންކަމުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑުގެ ފެނުގެ މިންވަރު ހަމަހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު