ދުބާއީން 7.4 ޓަނުގެ ކާގޯ ރާއްޖެއަށް ގެނެސްފިއެވެ.
ދުބާއީން ކާގޯ ހިފައިގެން މޯލްޑިވިއަންގެ ކާގޯ ފްލައިޓު ރޭ 10:25 ހާއިރު ރާއްޖެ އައިސްފައިވާއިރު، އެ ފްލައިޓުން މައިގަނޑު ގޮތެއްގައި ގެނެސްފައި ވަނީ ތަރުކާރީއާއި މޭވާ ފަދަ ތާޒާ ބާވަތްތަކެވެ.
މޯލްޑިވިއަންގެ ކާގޯ ދަތުރުތައް ފެށީ އާންމުކޮށް މުދާ ގެންނަ ގައުމުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާއެކު މަޝްވަރާ ވެސް ކުރުމަށްފަހުގަ އެވެ.
މިއީ ކޯވިޑް-19 އާއި ގުޅިގެން އާންމު އުސޫލުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާން ފެށުމުން މޯލްޑިވިއަންގެ ފަރާތުން ކުރަންފެށި ދަތުރުތަކެކެވެ. އެގޮތުން މޯލްޑިވިއަނުން ވަނީ ބެންކޮކުންވެސް 11.3 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައެވެ. މިދިޔަ ހަފުތާގައި ވެސް ބެންކޮކުން މުދާ ގެނެސްފައިވާއިރު، މޯލްޑިވިއަނުން އަންނަނީ ބެންކޮކްގެ އިތުރުން ދުބާއީ، ކޮލޮމްބޯ، ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ވެސް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކުވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު