ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަދި ފައްޔާޒު އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހުޅުދޫއާއި މީދުގެ ގިނަ ރައްޔިތުންތަކެއް ވަނީ މަރުހަބާ ކިޔަން ޖަމާވެފައެވެ.
މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީ ހިންގުމާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ޕާޓީ ވަރުގަދަކޮށް، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގައުމަށް ގެނައުމަށްޓަކައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުގައި ހުރި އެމްޑީޕީގެ ހަރުގެތަކަށް ޒިޔާރަތް ކުރެއްވުމާއި، "ދޮރުން ދޮރަށް" ހިންގަވައި ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުބެއްލެވުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ އިސް އެކްޓިވިސްޓުންނާ އެކު ޚާއްސަ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު