ފުލުހުން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ފުލުހުން ވަނީ ޑްރަގު ނެޓްވޯކުގެ އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަން ވަނީ ހާމަވެފައެވެ.
ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިޚާބުގައި ވެސް ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.
ފުލުހުން ބުނި ގޮތުގައި ޝަހީބަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް ކަމަށާއި އެ މައްސަލާގައި އޭނާ އާއި އީރާންގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭންޖެހޭ ފަރާތްތަކަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައް ކަމަށް ވާއިރު ސިޔާސީ ޕާޓީތަކުގެ ކައުންސިލްތަކުގައި މިފަދަ ނެޓްވޯކްތަކުގެ އިސް ފަރާތްތައް ތިބުމަކީ ކަންބޮޑުވާ ކަމެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ޢާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު