ހުޅުމީދޫގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ (އިބުރޭ)
ހުޅުމީދޫގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ސޯޝަލް މީޑިއާ (އިބުރޭ)
ދިވެހި ސަރުކާރުން ރައްޔިތުންނަށް ފާޅުގައި އޮޅުވާލަމުންދާ ކަމަށް ތުހުމަތުކުރައްވައި، މިހާރުން މިހާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، އައްޑޫ ސިޓީއަށް ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހުޅުދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ، ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން މަގާމުން ވަކިކުރެއްވުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ގެއްލިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

"ދިވެހި ކެބިނެޓުގެ ދެބައިކުޅަ އެއްބައި މީހުން، 10 މީހުން ވަކިކުރައްވައިފި. ވިދާޅުވީ އެއީ އެމީހުންނާ ހުރެއޭ އިންތިހާބުން ބަލިވީ. އެވަގުތަކީ ކިރިޔާވެސް ޑިމޮކްރެސީ ހިނގާ ގައުމެއްނަމަ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަންޖެހިވަޑައިގަންނަވާ ވަގުތު. އެއީކީއެއް ދެން ހުންނެވޭނެ ވަގުތެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ހަދަމުންދާ "ދޮގުތަކުގެ" މައްޗަށް އަލިއަޅުވާލައްވަމުން ނަޝީދު ވަނީ ކަރަންޓު ބިލުގެ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރޯދަމަހު ބިލު ކުޑަކޮށްދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށްފަހު، ޖެހިގެން އައި މަހު އެއަށްވުރެ ބޮޑުކޮށް އެ ފައިސާ އަނބުރާ އަތުލާފައިވާ ކަމަށެވެ.

"ވިދާޅެއް ނުވޭ ޖެހިގެން އޮތް މަހު އެބައި އަލުން އަނބުރާ ނަންގަވާނެއެކޭ އެއަށްވުރެ ބޮޑުކޮށް. ގައިމު ހަމަ ރީތިކޮށް ސާފުކޮށް އެއީ ކަނޑައެޅިގެން ދޮގެއްނު،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވަރުގަދަ އަސާސްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ފާހަގަކުރެއްވީ، އެ ޕާޓީއަކީ އަބަދުވެސް ތަސައްވަރެއްގެ މައްޗަށް ބިނާވެފައިވާ، ރައްޔިތުންނަށް އުންމީދުތަކެއް ގެނެސްދޭ ޕާޓީއެއް ކަމަށެވެ. އަދި އެ އުންމީދުތައް ހަގީގަތަކަށް ހެދުމަކީ ޕާޓީގެ ސެ

ކްރެޓޭރިއަޓުން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްޞަކޮށް ކައުންސިލްތަކުގެ ތަސައްވަރުތައް ފުރިހަމަކުރުމަށް ޕާޓީގެ އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު