އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީ ދޫކޮށްލެއްވި ސަބަބުތަކާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރައްވާ ކެމްޕޭނުގައި އައްޑޫ ސިޓީ ހުޅުދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީއާ ދުރަށް ޖެހުނު ސަބަބުތަކަކީ ވަރަށް ގިނަ ވާހަކަތަކެއް ކަމަށާއި، ނަމަވެސް މިހާރު އެ މާޒީގެ ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށެވެ.
ހަމައެއާއެކު އެމަނިކުފާނު މިހާރު ހުންނެވީ އަލުން ޕާޓީއާ ގުޅިވަޑައިގެން، އެމްޑީޕީ އަނބުރާ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ އެމަނިކުފާނުގެ އާއިލާ ފަދަ ގާތް ބައެއްގެ ގޮތުގައި ސިފަކުރަށްވައި، އާއިލާ ދޫކޮށްލާފައި ނުދެވޭނެ ފަދައިން އެމްޑީޕީ ދޫކޮށްލާފައި ދެން ނުދެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ ދޫކޮށްލި ސަބަބުގެ ޖަވާބު ދޭން އުޅެފިނަމަ، "ކޮނުނު ވަރަކަށް ފަސް ވާނީ ގިނަ" ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ކުރީގެ ވާހަކަތައް ބޭއްވުމަށްފަހު ކުރިއަށް އޮތް މަސައްކަތްތަކަށް ސަމާލުކަން ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކުރަށްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ކެމްޕޭނުގައި ރައީސް ނަޝީދަށް އެންމެ ބޮޑަށް ތާއީދު ކުރަށްވަނީ ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އަރިސް ބޭފުޅުންނެވެ. އަދި މީކާއީލަށް ތާއީދުކުރަށްވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނެވެ.

އައްޑޫ މީދޫއިން އިންތިހާ ލޯބި 🌼🥰#BoduBadhalu #VoteAnni #Anni4MdpCp pic.twitter.com/bwZe9aMbnf
— Hussain Shafiu (@charly_thuthu) April 26, 2026
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކުރަށްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ކެމްޕޭނުގައި ރައީސް ނަޝީދަށް އެންމެ ބޮޑަށް ތާއީދު ކުރަށްވަނީ ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އަރިސް ބޭފުޅުންނެވެ. އަދި މީކާއީލަށް ތާއީދުކުރަށްވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނެވެ.
ކިޔުންތެރިންގެ ހިޔާލު