އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިންސާފުވެރިކަން ގެއްލޭ ފަދަ ގޮތަކަށް، ޕާޓީގެ އިދާރީ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ކެމްޕެއިންގައި އުޅުއްވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ މީކާއިލް މިކަމަށް އެދިވަޑައިގަތީ އެ ޕާޓީގެ މިހާރުގެ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ. މީކާއިލްގެ ކަންބޮޑުވުމަކީ، ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި، ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ މައްސަލައެވެ.
މީކާއިލްގެ ސިޓީގައި ފާހަގަކުރަށްވާފައިވަނީ، އިބުރޭ ރައީސް ނަޝީދުގެ ކެމްޕެއިންގައި އުޅުއްވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުރި ކަމަށެވެ. ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ ޕާޓީގެ މެންބަރުން އިތުރުކުރުމާއި، ކެމްޕެއިންތައް އިންތިޒާމުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އުފުއްލަވާ ބޭފުޅާ ކަމަށްވާއިރު، އިންތިޚާބެއްގެ ތެރޭގައި އެ މަގާމުގައި ހުންނަވާ ބޭފުޅަކު ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތް ކުރުމަކީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލޭނެ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.
"އޭނާ މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެއް." މީކާއިލްގެ ސިޓީގައި ބަޔާން ކުރަށްވާފައި ވެއެވެ.
މީގެ އިތުރުން، މިއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، މިއީ އެ މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އިންތިޚާބުގެ ކަންކަން ބަލަހައްޓަވާ އިސްވެރިއަކު މިފަދަ ގޮތަކަށް އަމަލުކުރެއްވުމުން، އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ގިނަ އަދަދެއްގެ އާންމު މެންބަރުން ސުވާލު އުފައްދަމުންދާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވަނީ ކެމްޕެއިން މުއްދަތުގައި އިބްރާހީމް ވަހީދު ޕާޓީގެ އިދާރީ މަސްއޫލިއްޔަތުތަކުން ދުރުވުމަށް ގޮވާލައްވައި، ޕާޓީގެ އުސޫލުތަކުގެ ތެރެއިން އެ މައްސަލަ ބަލައި އަވަސް ފިޔަވަޅެއް އަޅައިދިނުމަށް ޗެއާޕާސަންގެ ކިބައިން އެދިވަޑައިގެންފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވި މައިގަނޑު މަގުސަދަކީވެސް މިފަދަ ނުރަނގަޅު އާދަތައް ޕާޓީގެ ތެރޭގައި ތަކުރާރުވިޔަ ނުދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު