ބައެއް ފަހަރު ބުރަކަށީގައި އުފެދޭ ގަދަ ރިހުންތަކަށް އޮތް ހަމައެކަނި ހައްލަކީ ހަށިގަނޑަށް ކުޑަ ނަމަވެސް ހަރަކާތެއް ގެނައުމެވެ.
އޮފީސް މޭޒު ދޮށުގައި ގިނަ ވަގުތު އިށީނދެގެން އިނުމާއި، ނުވަތަ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބެލުމެއް ނެތި، ގޭގައި ކަންނެތްވެ، ސޯފާގައި ކޮޅަށް ނުތެދުވެ ގިނަ އިރު އޮތުމަކީ، ބުރަކަށީގެ ރިހުމާ އުމުރު ދުވަހުވެސް ކުރިމަތިލާންޖެހިދާނެ ކަމެކެވެ. ނަމަވެސް، ބައެއް މީހުންނަށް ގިނަ ވަގުތު އަރާމުކުރަން ތިބުމުން ބުރަކަށީގެ ކަނދުފަތީގައި ރިހުން އުފެދި، ގަދަޔަށް ހަރުއަރާ ގޮތްވެއެވެ. މިފަދަ ހާލަތްތަކުގައި ލުޔެއް ލިބެނީ ހަމައެކަނި ހަރަކާތްތެރިވުމުންނެވެ.
މިއީ ހަމައެކަނި ތިބާއަށް ދިމާވާ ކަމެއް ނޫނެވެ. ބުރަކަށީގެ ރިހުމަކީ ދުނިޔޭގެ ނިސްބަތުން އެންމެ އާންމު ސިއްހީ އެއް މައްސަލައެވެ. އަދި ގިނަ ފަހަރަށް އަރާމުކުރުމަކީ އެންމެ ރަނގަޅު ފަރުވާ ކަމަށް ހީވި ނަމަވެސް، ބައެއް ހާލަތްތަކުގައި އެއް ތަނެއްގައި މާ ގިނަ އިރު މަޑުން ހުރުމުން ރިހުން އިތުރަށް ގިނަފަހަރަށް ގޯސްވެއެވެ.
ހަރަކާތްތެރިވުމުން ރިހުން ކުޑަވެ، އަރާމުކުރުމުން ރިހުން ގޯސްވާނަމަ އޭގެ ސަބަބަކަށް ވެދާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.
ހަރަކާތްތެރިވުމުން ލުއިލިބޭ ބުރަކަށީގެ ރިހުމުގެ ބާވަތްތަކަކީ ކޮބައި؟
އާންމު ގޮތެއްގައި ބުރަކަށީގެ މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން (މިސާލަކަށް ބަރު އެއްޗެއް އުފުލުމުން) ރިހުން އުފެދިއްޖެނަމަ، ޑޮކްޓަރުން އެންމެ ފުރަތަމަ ލަފާދެއްވަނީ އަރާމުކުރުމަށެވެ. އެއީ މިފަދަ ހާލަތްތަކުގައި ހަރަކާތްތެރިވުމުން އަނިޔާ އިތުރަށް ބޮޑުވެދާނެތީއެވެ. ނަމަވެސް، މި ހާލަތާ މުޅިން އިދިކޮޅަށް، ބައެއް މީހުންނަށް ރިހުމުން ސަލާމަތްވެވެނީ ހަށިގަނޑަށް ހަރަކާތެއް ގެނެސްގެންނެވެ. މާހިރުން ވިދާޅުވާ ގޮތުގައި މިއީ ބުރަކަށީގައި އުފެދޭ ދާއިމީ އިންފްލެމޭޝަން ނުވަތަ ދުޅަވުމުގެ މައްސަލައަކަށް ވުން ގާތެވެ.
މިސާލަކަށް 'އެކްސިއަލް ސްޕޮންޑިލޯއާތްރައިޓިސް' (axial spondyloarthritis) އަކީ އޮޓޯއިމިއުން ބައްޔެކެވެ. މީގެ ސަބަބުން ދާއިމީކޮށް ބުރަކަށީގެ ތިރީބަޔާއި އުނަގަނޑު ގުޅޭ ހުޅުތައް ދުޅަވެއެވެ. މި ބަލީގެ ސަބަބުން ކަނދުފަތީގެ ކާޓިލޭޖްތައް ހަލާކުވެ، ކަށިތައް އެކަތި އަނެކައްޗާ ކޭއްތޭ ގޮތްވެއެވެ. މި ހާލަތުގައި ހަރަކާތްތެރިވުމުން ރިހުން ކުޑަވަނީ، ހަރަކާތްތެރިވާ ވަގުތު މަސްތަކުން ހުޅުތަކަށް އެހީތެރިވެދީ، ހުޅުތަކަށް ބާރުބޮޑުވުން ކުޑަކޮށްދޭތީއެވެ.
ނަމަވެސް، ބަލި މާ ބޮޑަށް ގޯސްވެ، ކަނދުފަތީގެ ކަށިތައް އެކަތި އަނެކައްޗާ ގުޅި (fuse) ހަރުވެފައިވާނަމަ، ހަރަކާތްތެރިވުމުގެ ބަދަލުގައި އަރާމުކުރުން މާ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ.
ހަރަކާތްތެރިވުމުން ރިހުން ކުޑަވާން ދިމާވާ ސަބަބަކީ ކޮބައި؟
އިންސާނާގެ މުޅި ހަށިގަނޑަކީ އެކަތި އަނެކައްޗާ ގުޅިފައިވާ ނިޒާމެކެވެ. ބުރަކަށީގެ ކަނދުފަތީގެ ވަރުގަދަކަން ބިނާވެފައިވަނީ އޭގެ ވަށައިގެންވާ މަސްތަކުގެ މައްޗަށެވެ. އެހެންކަމުން، ކަސްރަތު ކުރުމަކީ ބުރަކަށީގެ ރިހުމަށް އޮތް އެންމެ މުހިންމު އެއް ފަރުވާއެވެ.
ހަށިގަނޑުގެ މެދުބައިގެ މަސްތައް (core muscles) ވަރުގަދަކުރުމުން، ކަނދުފަތީގެ ސަލާމަތްތެރިކަން އިތުރުވެ، ބުރަކައްޓަށް ކުރާ ބާރު ކުޑަވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ކަސްރަތުތަކުގެ ސަބަބުން ބުރަކަށީގެ ދާއިމީ ރިހުން ގާތްގަނޑަކަށް %77 ކުޑަކޮށްދެއެވެ. މީގެ އިތުރުން، ހިނގުމާއި ބައިސްކަލް ދުއްވުން ފަދަ ލުއި ކަސްރަތުތަކުގެ ސަބަބުން ބުރަކައްޓަށް ލޭ ދައުރުވުން އިތުރުވެ، ހަލާކުވެފައިވާ ސެލްތައް އާވުމަށް އެހީތެރިވެދެއެވެ.
އަދި ހަމައެހެންމެ، ހަށިގަނޑު ދެމުމަކީ (stretching) ވެސް ބުރަކަށީގެ ރިހުމަށް ވަރަށް ބޮޑު ލުޔެއް ލިބޭ ކަމެކެވެ. ފައިގެ ފަހަތު މަސްތައް (hamstrings) ދެމުމުން، އުނަގަނޑާއި ބުރަކަށީގެ ތިރީބަޔަށް ކުރާ ބާރު ކުޑަވެ، ހަރަކާތްތެރިވާން ފަސޭހަވެއެވެ.
ނަމަވެސް، ކޮންމެ މީހަކަށް ވެސް ފައިދާކުރާނީ ތަފާތު ކަސްރަތުތަކެވެ. އެއީ ރިހުން އުފެދެން ދިމާވި ސަބަބާއި، ބަލީގެ ބޮޑުމިނާއި، އުމުރަށް ބަލާފައެވެ. އެހެންކަމުން، އަމިއްލައަށް ކަސްރަތުތައް ފެށުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ނުބައި ގޮތަކަށް ކަސްރަތު ކުރުމުން އަނިޔާ އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވެއެވެ.
މިސާލަކަށް، ހަށިގަނޑުގެ މެދުބައިގެ މަސްތައް (core muscles) ވަރުގަދަކުރުމަށް އިސްކަންދޭ ކަސްރަތު ޕްރޮގްރާމްތަކުގެ ސަބަބުން، ބުރަކަށީގެ ތިރީބައިގެ ދާއިމީ ރިހުން ގާތްގަނޑަކަށް %77 ކުޑަކޮށްދޭކަން 2016 ވަނަ އަހަރު ހަދާފައިވާ ދިރާސާތަކަކުން ދައްކައެވެ. 'ކޯ މަސްތައް' ނުވަތަ ހަށިގަނޑުގެ މެދުބައިގެ މަސްތަކުގެ ތެރޭގައި ބަނޑުގެ މަސްތަކުން ފެށިގެން ބުރަކަށީގެ ތިރީބައިގެ މަސްތަކާ ހަމައަށް، ކަނދުފަތީގެ ވަށައިގެންވާ ހުރިހާ މަސްތަކެއް ހިމެނެއެވެ. އެހެންކަމުން، މި މަސްތައް ވަރުގަދަވި ވަރަކަށް ކަނދުފަތީގެ ހަމަޖެހުން އިތުރުވެ، ބުރަކައްޓަށް ކުރާ ބާރު ކުޑަވާނެ ކަމަށް ޑޮކްޓަރ ޗެންގް ވިދާޅުވެއެވެ. މީގެ އިތުރުން، މި މަސްތައް ވަރުގަދަކުރުމަކީ ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމަށާއި ލޫއިކަން (flexibility) އިތުރުކުރުމަށް ވެސް ލިބޭ ބޮޑު އެހީއެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ހިނގުމާއި ބައިސްކަލް ދުއްވުން ފަދަ މެދުމިންވަރެއްގެ އެއިރޯބިކް ކަސްރަތުތަކުގެ ސަބަބުން ބުރަކައްޓަށް ލޭ ދައުރުވާ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ހަލާކުވެފައިވާ ޓިޝޫތައް އާވުމަށް މަގުފަހިވެ، ހަރުއެރުމާއި ދުޅަވުން ކުޑަކޮށްދެއެވެ. އަދި ހަމައެހެންމެ، ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އެއިރޯބިކް ކަސްރަތު ކުރުމުން ހަށިގަނޑުގައި 'އެންޑޯފިންސް' ފަދަ ކެމިކަލްތައް އުފައްދައިދެއެވެ. މިއީ ތަދު އިހުސާސްވުން ކުޑަކޮށްދީ، ހަރަކާތްތެރިވެ އުޅުމަށް މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ.
ބުރަކަށީގެ ރިހުމަށް އޮތް ވަރަށް އާދައިގެ ނަމަވެސް ފައިދާހުރި އަނެއް ކަމަކީ ހަށިގަނޑު ދެމުމެވެ (stretching). މިސާލަކަށް، ފައިގެ ފަހަތު މަސްތައް (hamstrings) ބާރުވެފައި ހުރުމުން އުނަގަނޑުގެ ހުޅުތަކަށް ބާރުބޮޑުވެ، ބުރަކަށީގެ ތިރީބަޔަށް ލޮޑުކަން އިހުސާސްވާނެއެވެ. ފައިގެ މަސްތަކާއި، ފޫކަޅާ އަދި ބުރަކަށީގެ މަސްތައް ދެމުމުން، ހަށިގަނޑުގެ ލޫއިކަން އިތުރުވެ، ހުޅުތައް ހަރަކާތްކުރުމަށް ފަސޭހަވެ، ރިހުމާއި ހަރުއެރުން ކުޑަވެގެންދެއެވެ.
އެހެންނަމަވެސް، މާހިރުން ވިދާޅުވާ ގޮތުގައި ކޮންމެ މީހަކަށް ވެސް ފަރުވާ ދޭންޖެހޭނީ ތަފާތު ގޮތަކަށެވެ. ކަސްރަތު ކުރަންވީ ބާވަތާއި، ވަގުތާއި، އަދި ކަސްރަތުގެ ބާރުމިން ބިނާވެފައިވަނީ ރިހުން އުފެދެން ދިމާވި އަސްލު ސަބަބާއި، ރިހުމުގެ ކުޑަބޮޑުމިނުގެ އިތުރުން މީހާގެ އުމުރާއި އާންމު ސިއްހަތުގެ މައްޗަށެވެ.
ޑޮކްޓަރ ޕޯޗުގަލް އިރުޝާދު ދެއްވާ ގޮތުގައި، އެއްވެސް ޝައްކެއް އޮތް ނަމަ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. އެއީ މާ ގިނައިން ނުވަތަ މާ މަދުން ކަސްރަތު ކުރުމަކީ ނުވަތަ ނުބައި ގޮތަކަށް ހަރަކާތްތައް ކުރުމަކީ، އިތުރު އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު