ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑރ. އަލީ އަޒްވަރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، ސްޓެލްކޯގެ އެންމެ އިސްވެރިޔަކަށް ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރެވެ.
ޑރ. އަޒްވަރަކީ ސްޓެލްލޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނަމަވެސް، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރުމާ ގުޅިގެން، ކުންފުނި ހިންގުމުގެ އެންމެ އިސް ޒިންމާ މިހާތަނަށް އުފުއްލަވަމުން ގެންދެވީ އަޒްވަރެވެ.
ސްޓެލްކޯގައި 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޑރ. އަޒްވަރަކީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ފެތުރުމާ ގުޅޭގޮތުން ނިއުޒިލެންޑުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އިނގިރޭސިވިލާތުގެ ޝެފީލްޑް ޔުނިވާސިޓީން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ޑިގްރީވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ.
ކުންފުނީގެ އެންމެ އާދައިގެ މަގާމެއް ކަމަށްވާ ޓްރޭނީއެއްގެ ގޮތުގައި ވަޒީފާ ފެއްޓެވި އަޒްވަރު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކުންފުނީގެ މުހިއްމު ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން، ބިލިން ސާވިސަސް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ ސެކްޝަންތައް ހިމެނެއެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު