އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ އެތެރޭގެ ޒުވާބުތައް ހޫނުވާ ވަރަކަށް، ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ގެއްލި، އަނިޔާ ލިބޭ މީހުން އިތުރުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މީހުން ދެބަސްވެ ޒުވާބު ހޫނުވާ ނަމަ، އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުން ޖަލުގެ ކުޑަގޮޅިތަކަށް ދާންޖެހުމާއި އެކި ކަންކަމުގައި އަނިޔާލިބޭ މީހުން އިތުރުވުމެވެ.



މީގެ ކުރީގެ ތަޖުރިބާތަކަށް އަލިއަޅުއްވާލައްވަމުން މޫސަ ވިދާޅުވީ، 30 އަހަރުގެ ދިގު ވެރިކަމުގެ ތެރޭގައި މީހުން ހައްޔަރުކޮށް ގޭގޭގައި ގޯނި ދިދަ ނަގައި ހެދި ކަމަށެވެ. އަދި އޭރުގެ ރައީސް މައުމޫނުގެ އަޢުވާނުން، މީހުން ހައްޔަރުކުރުމުން އެކަން ދިފާޢުކުރަން ތަފާތު ވާހަކަތައް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކުރިން އޮތް އަނިޔާވެރިކަން ހުއްޓުނީ އެމްޑީޕީ ވުޖޫދުވެ، އެންމެން އެކީ އެއް އަޑަކުން ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރަން ފެށުމުން ކަމަށެވެ.

މޫސަ މި މޭޭރުމުން ވާހަކަދައްކަވާފައި މިވަނީ، "އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްވާ ގޮތަށް ތައްޔާރުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ފާސްކޮށް، ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ޑޮކިއުމެންޓަރީގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު