ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާން
ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާން
ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާން، ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވާން ނިންމަވައި، އޭނާއަށް ލިބުނު ޓިކެޓް ދޫކޮށްލައްވައިފިއެވެ.

ސިނާން މިކަން ހާމަކުރެއްވީ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ.

ސިނާން ވިދާޅުވީ، ޕްރައިމަރީގައި އޭނާއަށް ތާއީދުކޮށް ވޯޓުދެއްވި ހުރިހާ މެމްބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު ޕްރައިމަރީ ބޭއްވުމަށާއި، އޭނާގެ ކާމިޔާބީއަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައި ވެސް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ނަމަވެސް، މިދިޔަ ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށްފަހު، މިފަހަރުގެ ގޮނޑި ޕާޓީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތަށް ޖެހިވަޑައިގެން، އައު ބޭފުޅަކަށް ފުރުޞަތު ދެއްވުން ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ ކަމަށް ސިނާން ވިދާޅުވިއެވެ.

މީގެ އިތުރުން ސިނާން ވިދާޅުވީ، އޭނާ ފަހަތައް ޖެހުނު ނަމަވެސް، ޕާޓީން މި ދާއިރާއަށް ނެރޭ ކެނޑިޑޭޓަކު ހޮވުމަށްޓަކައި އޭނާގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އޭނާގެ މި ނިންމުން މިހާރު ޕާޓީގެ ރައީސަށާއި ލީޑަރޝިޕަށް އަންގާފައިވާ ކަމަށާއި، ޕާޓީގެ ފަރާތުން އެ ނިންމުމަށް އިޚްތިރާމާއެކު ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސިނާންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ، ޕާޓީން އައު ކެނޑިޑޭޓަކު ދެއްކިހާ އަވަހަކަށް އެ ކެނޑިޑޭޓަކާއެކު ރައްޔިތުންގެ ގާތަށް ނުކުންނަވާނެ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް އައު ރޫހެއްގައި އޭނާއާ ގުޅިގެން ޕާޓީގެ ކެނޑިޑޭޓް ހޮވުމަށް މަސައްކަތް ކޮށްދިނުމަކީ އޭނާގެ އިޚްލާޞްތެރި އެދުމެއް ކަމުގައި ވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު