މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ވިދާޅުވެ، މަޖިލީހުގެ ވެލިދޫ ދާާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، މިއަދު ފެނިގެން މިދަނީ މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލި، އެ ތަންތަން ސަރުކާރުގެ ދަށުވެ އަޅުވެތިވެފައިވާ މިންވަރު ކަމަށެވެ. އަދި މިކަމާ މެދު ރައްޔިތުން ފުންކޮށް ވިސްނާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އައްބާސް ފާހަގަކުރެއްވި ގޮތުގައި، ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހަށެވެ. ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރި ކެނޑިޑޭޓަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ފަދަ މޮޅު ގޮތެއް ނުފެނުމުން، ކޮމިޝަނުން ވަނީ ސުންގަޑި އިތުރުކޮށްދީފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން އައްބާސް ވިދާޅުވީ، ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެނޑިޑޭޓު "ބަލިވެދާނެތީ" ނަން އަނބުރާ ގެންދިއުމަށް ނިންމީ ކަމަށެވެ.
"ސަރުކާރު ހިންގާ ޕާޓީ އަށް އެޕާޓީގެ ޓިކެޓު ކާމިޔާބު ކުރި ކެނޑިޑޭޓު މޮޅުވާނެ ގޮތެއް ނުފެނުނު. އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރުމުގެ ސުންގަޑި އިތުރު ކުރި. ސަރުކާރު ހިންގާ ޕާޓިގެ ޕްރައިމަރީ ކާމިޔާބު ކުރި ކެނޑިޑޭޓު "ބަލިވެދާނެތީ" ނަން ނެގުމަށް ނިންމި. ސަރުކާރު ހިންގާ ޕާޓީގެ ޕްރައިމަރީ އިން ބަލިވި ކެނޑިޑޭޓަށް ޓިކެޓު ދީފި." އައްބާސް ވިދާޅުވިއެވެ.
އައްބާސް މިހެން ވިދާޅުވެފައި މިވަނީ، ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުޙައްމަދު ސިނާން، ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވާން ނިންމެވުމާ ގުޅިގެންނެވެ. ސިނާންގެ ބަދަލުގައި އެ ދާއިރާގެ ބައި-އިލެކްޝަނަށް ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް މިހާރު ވަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު