މިފަދަ ވާހަކަތަކުގެ ސަބަބުން ތިބާގެ ސިއްހަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަތުވެދާނެއެވެ.
އޮފީހުގެ ބްރޭކް ރޫމްގައި ތިބޭ މުވައްޒަފުންނާ އަނގައިން ނުބުނެ ސަލާމަތްވުމަކީ ނުވަތަ ކިއޫއެއްގައި މަޑުކޮށްގެން ހުންނައިރު ކައިރީގައި ހުންނަ މީހާއާ ދައްކަންޖެހިދާނެ "ފޫހި" ވާހަކައަކުން ރެކިގަތުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. ނަމަވެސް، އާ ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ކުދިކުދި ވާހަކަތަކުގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
'ޖަރނަލް އޮފް ޕާސަނަލިޓީ އެންޑް ސޯޝަލް ފިސިކޮލޮޖީ' ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އެނގޭ ގޮތުގައި، މިފަދަ ވާހަކަތަކުގައި ބައިވެރިވި މީހުންނަށް އެކަން ފެނުނީ އެމީހުން ހީކުރި ވަރަށްވުރެ މާ ޝައުގުވެރި އަދި އުފާވެރި ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން، މިފަދަ ވާހަކަތަކަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ލިބޭ ބޮޑު އެހީތެރިކަމެއް ކަމަށްވެސް ހެކިތަކުން ދައްކައެވެ.
އޯހިއޯ ސްޓޭޓް ޔުނިވާސިޓީގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ނިކޮލަސް އެލަން ވިދާޅުވާ ގޮތުގައި، މިފަދަ ވަގުތުތަކަކީ ކުދިކުދި ވަގުތުކޮޅުތަކެއް ކަމުގައި ވިޔަސް، މިއީ އެއްގޮތަކަށްވެސް ދޫކޮށްލެވޭނެ އާދައިގެ ކަންތައްތަކެއް ނޫނެވެ.
ދިރާސާއިން ދައްކާ ގޮތުގައި ފޫހި މައުޟޫއުތަކަކީވެސް މުހިންމު އެއްޗެކެވެ.
މި ދިރާސާގައި 1,800 މީހުން ބައިވެރިކޮށް، ނުވަ ތަޖުރިބާއެއް ކުރިއަށް ގެންދެވުނެވެ. ބައިވެރިންގެ ގާތުގައި، އާންމުކޮށް ފޫހި ކަމަށް ބެލެވޭ މައުޟޫއުތަކެއް (މިސާލަކަށް: ބޭކާރު ތާރީޚީ ވާހަކަތައް، ހިސާބު އިލްމު، ފިޔާ، ނުވަތަ ދުވަހު ބާޒާރުގެ ޚަބަރުތައް) ދެއްކުމުން ލިބޭނެ އުފާވެރިކަން މިންކުރުމަށް އެދެވުނެވެ. މި ވާހަކަތައް ދެކެވުނީ ބީރައްޓެހިންނާއި ނުވަތަ ރައްޓެހިންނާ އެކު، އަމަލީ ގޮތުން ބައްދަލުވެގެންނާއި އޮންލައިންކޮށެވެ.
ދިރާސާވެރިންނަށް ފާހަގަވީ، އެ ވާހަކަތަކަކީ ވަރަށް ފޫހި ވާހަކަތަކަކަށް ވާނެ ކަމަށް ބައިވެރިން ކުރިން ބުނި ނަމަވެސް، ވާހަކަ ދައްކާ ނިމުމުން އެމީހުން ހީކުރި ވަރަށްވުރެ މާ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް ބުނި ކަމެވެ. މިކަން މިގޮތަށް ދިމާވީ ވާހަކަދެއްކި ދެމީހުންނަށްވެސް އެއީ ފޫހި މައުޟޫއެއް ކަމަށް ގަބޫލުކުރެވުނު ހާލަތްތަކުގައިވެސްމެއެވެ.
މައުޟޫއަށްވުރެ ބޮޑަށް މުހިންމީ ވާހަކައިގައި ބައިވެރިވުމެވެ.
ޔުނިވާސިޓީ އޮފް މިޝިގަންގެ ދިރާސާވެރިޔާ އެލިޒަބަތު ޓްރިން ވިދާޅުވާ ގޮތުގައި، ވާހަކައިގެ އުފާވެރިކަން ގުޅިފައިވަނީ މައުޟޫއަކާ ނޫނެވެ. އެކަކު އަނެކަކާ އޮންނަ ގުޅުމާއި، އަނެކާގެ ވާހަކަ އަޑުއެހުމާއި، އަދި އެކަކު އަނެކަކަށް ދޭ އިޖާބައާ އެވެ. އާދައިގެ ކަމަކާ ބެހޭގޮތުން ވާހަކަ ދެއްކި ނަމަވެސް، ދެމީހުންގެ މެދުގައި އުފެދޭ ގުޅުމުގެ ސަބަބުން އެއީ މާނަހުރި ކަމަކަށް ވެގެންދެއެވެ.
އިންސާނުންނަކީ ތަބީއީގޮތުން އިޖުތިމާއީ ބައެކެވެ. އެހެންކަމުން ކިތަންމެ އާދައިގެ ކަމަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަކީވެސް އިޖުތިމާއީ ގުޅުން ބަދަހިވާ ކަމެކެވެ. ޑރ. ގަލަގާ ވިދާޅުވާ ގޮތުގައި، ކޮންމެ ތަނަކަށް ދިޔަސް މީހުންނާ ވާހަކަ ދެއްކުމަކީ އާ ކަންތައްތަކެއް ދަސްވާ އަދި އަމިއްލަ ނަފްސަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ.
ސިއްހަތަށް ކުރާ ބޮޑު އަސަރު
މިފަދަ ކުދިކުދި ވާހަކަތަކަކީ ބޭކާރު ކަމެއް ކަމަށް ހީވިޔަސް، މިއީ އެކަނިވެރިކަމުން ދުރުކޮށްދޭ މުހިންމު ވަސީލަތެކެވެ. އެކަނިވެރިކަމަކީ ހަމައެކަނި ހިތްދަތި އިހުސާސެއް ނޫނެވެ. އެއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެކެވެ.
ސީ.ޑީ.ސީ އިން ހާމަކުރާ ގޮތުގައި، އެކަނިވެރިކަމުގެ ސަބަބުން ހިތުގެ ބަލިތައް، ސްޓްރޯކް، ހަކުރުބަލި، ނަފްސާނީ ބަލިތައް އަދި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ނަމަވެސް، މީހުންނާ ވާހަކަދައްކާ ހެދުމުން މި ނުރައްކާތައް ކުޑަވެގެންދެއެވެ.
އެހެން މީހުންނާ މުއާމަލާތް ކުރުމުގައި އަބަދުވެސް ހުޅުވިފައިވާ ސިކުނޑިއަކާއެކު ކުރިއަށް ދިއުން މުހިންމެވެ. ކޮފީ މެޝިން ކައިރިން ބައްދަލުވާ މީހާއާ ނުވަތަ ލިފްޓުން ބައްދަލުވާ އަވަށްޓެރިޔާއާ ވާހަކަ ދައްކާލުމުން ލިބޭ ކުޑަ ވަގުތުކޮޅަކީވެސް، ތިބާގެ މޫޑު ރަނގަޅުކޮށްދީ، މުޖުތަމައުގެ ތެރޭގައި ތިބާގެ ހިއްސާ އޮތްކަމުގެ އިހުސާސް ބަދަހިކޮށްދޭނެ ކަމެކެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ، ހުރިހާ މުއާމަލާތަކީ ފައިދާހުރި އެއްޗެއް ނޫން ކަމެވެ. މުހިންމީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، އަމާން އަދި ހިތްހަމަޖެހޭ މާހައުލެއްގައި ދެކެވޭ ވާހަކަތަކެވެ.

ކިޔުންތެރިންގެ ހިޔާލު