ޝިޕިންގ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑު ނުތަނަވަސްކަމަކާއެކު، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރަން ފަށައިފިއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ގާތްގަނޑަކަށް 2،000 އެއްހާ އާގުބޯޓާއި 20،000 އެއްހާ ފަޅުވެރިން، ކަނޑުއޮޅިން ހުރަސް ނުކުރެވި ގަލްފުގެ ސަރަހައްދުގައި ވަނީ ތާށިވެފައެވެ.
މި ހާލަތު އިތުރަށް ގޯސްވެފައިވަނީ، މިދިޔަ މާރިޗު މަހުން ފެށިގެން މެރިން އިންޝުއަރެންސް ކުންފުނިތަކުން އެ ސަރަހައްދުން ދަތުރުކުރާ ޓޭންކަރުތަކަށް ދެމުންދިޔަ "ވޯ ރިސްކް" ނުވަތަ ހަނގުރާމައިގެ ނުރައްކަލުގެ އިންޝުއަރެންސް ކެންސަލްކުރުމާ ގުޅިގެންނެވެ.
މި ކަނޑުއޮޅިއަކީ މިހާރު ދަތުރުފަތުރަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުން ވަނީ ކަނޑައަޅާފައެވެ. އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި އަތުރާފައިވާ ކަނޑުުމައިންތައް ނައްތާލައި، މަގު ސާފުކުރުމަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ނަގާނެއެވެ.
ބައެއް ބޯޓުފަހަރަށް ދަތުރުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އިންޝުއަރެންސް ކަވަރޭޖެއް ނެތުމުގެ ސަބަބުން ގިނަ ބޯޓުފަހަރުތަކުން ވަނީ ދަތުރުތައް މެދުކަނޑާލާފައެވެ.
ކަނޑުމައިންތައް ސާފުކޮށް ނިމުނު ކަމުގައިވިޔަސް، ކުރިއަށް އޮތް ތަނުގައި އިންޝުއަރެންސްގެ އަގުތައް އިންތިހާއަށް މަތިވާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިކަމުގެ ސަބަބުން މުދާ އުފުލުމުގެ ޚަރަދު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ބިރުވެރކަންވެސް އެބައޮތެވެ.
ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ނާދެވޭހާ ހިނދަކު، އިންޝުއަރެންސް ޕްރީމިއަމްތައް ދަށްވުމަކީ ނާދިރު ކަމެއް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު