އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް
އާންމުވެފައިވާ ޑޮކިއުމެންޓަރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެކަން ސާބިތުކޮށްދެއްވުމަށް ކީރިތި ޤުރުއާނުގައި އަތްލައި ހުވާކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އޮންލައިން ނޫސް "އަދަދު" އިން ތައްޔާރުކުރި އެ ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅުވައިގެން ހާމަކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ނުބައި ތުހުމަތުތަކެއް ކަމަށެވެ.

އަދި ރައީސަކީ ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅަކަށް ވާއިރު، އެފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ވަކި ހުދޫދުތަކެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ފަލާޙް ވިދާޅުވީ، "އަދަދު" ނޫހުގެ އިދާރާ ފުލުހުން ބަލައި ފާސްކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ޑޮކިއުމެންޓަރީއާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްޗެއް ނުބުނެ އޮތް ސަބަބާ މެދު ނޫސްވެރިން ސުވާލުކުރުމުން، އޭނާ ތަކުރާރުކޮށް ވިދާޅުވީ އެއީ މުޅިންވެސް ފިތުނަ އުފެއްދުމަށް ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު