ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ރައީސް ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަލީހް ވިދާޅުވި ގޮތުގައި މިއީ މުއައްސަސާގެ ތެރޭގައި ކަންތައްތަކެއް ގޯހުން ހިނގަމުންދާކަމުގެ ނުރައްކާތެރި ސިގްނަލެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ކަން ހިނގަމުންދާ ގޮތް ބަލައި، ހަގީގަތް ހޯދުމަށް (ފެކްޓް ފައިންޑިންގ) ވަގުތުން މަސައްކަތް ފަށަންޖެހޭ ކަމަށެވެ.

އަދި ކޮމިޝަން އިސްލާހު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މަލީހް އިތުރަށް ބާރުއަޅުއްވައި ވިދާޅުވީ، އީސީ އަކީ ފުރިހަމަ މިނިވަން މުއައްސަސާއަކަށް ވާންޖެހޭ ކަމަށެވެ. މި މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ކޮމިޝަން އެކުލެވިގެންވާ ގޮތް ނުވަތަ މެންބަރުންގެ ކޮމްޕޮޒިޝަނަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނުގެ އިތުބާރު ދެމެހެއްޓޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދައިގެން ކަމަށް މަލީހްގެ ވާހަކައިގައި އިޝާރާތް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު