ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ 3 އިން 6 އަށް ރައީސް ކުރަށްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިއީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. ރާއްޖެއާއި ލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ސްރީލަންކާގެ އިސްވެރިންނާ ބައްދަލު ކުރަށްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރަށްވާނެއެވެ.
ޚާއްޞަ ގޮތެއްގައި ތަޢުލީމާއި، ފަންނީ ތަމްރީނާއި، އިޤްތިޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާ، ތަރިކަ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމަށް ދެ ޤައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި 'މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް' ގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރަށްވައި އެފަރާތްތަކުގެ ހާލުބެއްލެވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު، ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުވެ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް އަޚުވަންތަ ގުޅުން އައު އުސްމިންތަކަކަށް ވާޞިލުވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު