މިހާތަނަށް ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ގެސްޓް ހައުސް ކ.މާފުށީގައި ހުޅުވައިފިއެވެ.

މާފުށީގައި ގެސްޓް ހައުސް ހިންގާ ކާނި ގްރޫޕްގެ ފަރާތުން މާފުށީގައި ހުޅުވި، ކާނި ޕާމްބީޗްގައި 105 ކޮޓަރި ހުރެއެވެ. މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކާނި ޕާމްބީޗް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މަޢުސޫމެވެ.

ކާނި ޕާމްބީޗް ގެސްޓް ހައުސްގައި 253 އެނދު ހުންނައިރު މި ގެސްޓް ހައުސްގައި އިންފިޓީ ކެފޭއާއި އިންފިނިޓީ ޕޫލް އަދި ރެސްޓޯރެންޓެއް ހުރެއެވެ.

މާފުށީގައި ރާއްޖޭގެ އެންމެ ބޮޑު ގެސްޓް ހައުސް ހުޅުވާފައިވާއިރު، މާފުށްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިކުރަމުން އަންނަ ރަށެވެ. އަދި ގިނަ ދުވަސްތަކަކަށް ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމަށްފަހު، މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން