މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ހޮޓްލައިންތަކަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، އެ ނަންބަރުތައް މެދުކެނޑިފައިވާތީ ބެކަޕް ނަންބަރެއްގެ ގޮތުގައި 9888999 ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ގައުމީ އިމަޖެންސީ ނަންބަރު 911 ގެ އިތުރުން ފުލުހުންގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށް މިވަގުތު ގުޅުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.
މި މައްސަލަ ހައްލުކޮށް، ހިދުމަތް އާންމު ހާލަތަށް ގެނައުމަށް ފުލުހުންގެ ޓެކްނިކަލް ޓީމުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހިދުމަތްތައް މެދުކެނޑިފައިވާ ވަގުތުތަކުގައި ކުއްލި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން 9888999 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު