ސިޔާސީ ޕާޓީތަކުން ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފަށް ހަރަކާތްތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރަށްވައި، އެފަދަ ޕާޓީތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ގޮވާލަށްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރަށްވަމުން މުސްތަފާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ސަރީހަކޮށް ބުނާ ގިނަ ކަންތައްތަކެއް ބައެއް ޕާޓީތަކުން ކުރަމުންދާ ކަމަށެވެ. މިގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމާއި، އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާހަކަދެއްކުން ފަދަ ކަންކަން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޕާޓީތަކުގެ ގާނޫނާ ހިލާފަށް އެކަން ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. މިކަންތައްތަކާ ހިލާފުވާ ނަމަ ހަގީގަތުގައި ކޯޓުއަމުރެއް ނެރެގެން، އެބަ ޖެހޭ މިޕާޓީތައް އުވާލަން ވެސް،" މުސްތަފާ ވިދާޅުވިއެވެ.
ހަމައެއާއެކު މުސްޠަފާ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ހިންގާ ޕާޓީތައް އުވާލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިއަދުން މިއަދަށް ހައިކޯޓަށް މައްސަލަ ހުށަހަޅަން ޖެހޭ ކަމަށެވެ. އޭގެއިތުރުން ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވީ އަމަންއަމާންކަން ގެއްލުވައިލައިގެން ހިންގި ހަރަކާތްތަކެއްގެ ތެރެއިން ކަމަށާއި، އެކަން ކުރީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާ ކުރިން އުފެދުނު ޕާޓީއަކަށް ވާތީ، އަދިވެސް އެ ޕާޓީއަށް ގާނޫނީ އިމުގެ ތެރޭގައި އުޅެން ނޭނގޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާސީ ޕާޓީތަކަކީ ސުލްހަވެރިކަމާއެކު ޑިމޮކްރަސީގެ ހަމަތަކުން ހިނގަންޖެހޭ ތަންތަން ކަމަށާއި، އެ ނޫން ގޮތަކަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. މީގެ އިތުރުން އިސްލާމްދީނާ ހިލާފު ވާހަކަދެއްކުމާއި، ފިތުނަ އުފެއްދުމާއި، އަބުރު ކުލަވާލުމަކީ ދީނާއި ގާނޫނުއަސާސީ ހުއްދަކުރާ ކަންކަން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީން މަޖިލީހަށް ހުށަހެޅި މި ގަރާރުގައި ތުހުމަތުކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާ ކަމަށެވެ. މި ގަރާރުގެ މަގުސަދަކީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމާމެދު މެންބަރުން ދެކޭ ގޮތް ބެލުމެވެ.
މަޖިލީހަށް މި މައްސަލަ ހުށައަޅާފައިވާއިރު، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްގެ ސަޕޯޓަރުން ކޮންމެ ރެއަކު އާޓިފިޝަލް ބީޗް ސަރަހައްދުގައި އިހުތިޖާޖުކޮށް އެ ސަރަހައްދުގައި ހުންނަ ޕީއެންސީގެ ޖަގަހައިގެ ޖަލްސާތަކަށް ހުރަސްއަޅާ ކަމަށް ޕީއެންސީގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އިދިކޮޅު އެމްޑީޕީންވެސް ދަނީ ފަހަކަށްއައިސް ކޮންމެ ރެޔަކު މާލޭގައި އިޙްތިޖާޖްތައް ބާއްވަމުންނެވެ.
ފީއެންއެފްގެ ޢަމަލުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި، ޕީއެންއެފުން ގާނޫނީ އިމުގެ ބޭރުން ހަރަކާތްތައް ހިންގަމުންދާ ކަމަށާއި، އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއަޅަމުންދާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު