ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް ސްރީލަންކާއަށް ފުރާވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ 7 ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރާއި އެހެނިހެން އިސްވެރިންނާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ.
މި ދަތުރުފުޅުގައި ހާސިލުކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ގައުމުގައި ތިބެގެން ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ތައާރަފުކުރުން ހިމެނެއެވެ. އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމަށް "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" ބާއްވާފައިވާއިރު، މިފްކޯގެ އުފެއްދުންތައް ވެސް ވަނީ ލަންކާގެ ބާޒާރަށް ތައާރަފުކޮށްފައެވެ.
ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލަތު ބައްލަވާލައްވާފައެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ލަންކާގެ ރައީސް ޑިސަނަޔަކެ ވަނީ މިދިޔަ ޖުލައި މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެކެވެ.

ކިޔުންތެރިންގެ ހިޔާލު