އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 923.46 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތުން 30 އެޕްރީލް 2026 އާ ހަމައަށް ބިލިޔަނަކާ ގާތްކުރާ އާމްދަނީއެއް ލިބިފައިވަނީ ބަނދަރެއްގެ އެހީތެރިކަމާ ނުލައި އޮފްޝޯކޮށް ދެމުންދާ ޚިދުމަތަކުން ކަމަށެވެ.

އަދި މި ވިޔަފާރީގައި ބޭނުންކުރާ ތެލުގެ 90 އިންސައްތައަކީ ރާއްޖެއަށް އަލަށް ތަޢާރަފްކުރި "ލޯ ސަލްފަރ އޮއިލް" ކަމަށްވާއިރު، މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

" މިއަދު އާއި ހަމައަށް ލިބުނު އާމްދަނީއަށް ބަލާއިރު 923.46 މިލިޔަން ރުފިޔާ ލިބުނު ކަމަށް އެސްޓީއޯއިން މައުލޫމާތުދެނީ. ގާތްގަނޑަކަށް 1 ބިލިޔަން ރުފިޔާއާއި ހަމައަށް އާމްދަނީ އެ އަރަނީ. ފެށުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން 2 އަހަރުގެ ތެރޭގައި އަދި ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް 1 ބިލިޔަންއާއި ހަމައަށް އާމްދަނީ އިތުރުވެގެން އައީ ކަމަވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު