މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް އެ ހުށަހަޅާ ފަރާތެއްގެ ސައްހަކަމަށް ނުވަތަ މަގުސަދަށް ބެލުމެއް ނެތި ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދޭންޖެހޭނެ ކަމަށް މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް މިހެން ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމުތަކަށް ޖަވާބު ދިނުމުގައި ސަރުކާރުން މިހާރު ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ވިދާޅުވީ، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ބައެއް ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރު ނުވާ ކަމަށާއި، ސަރުކާރުން ޖަވާބުދާރީވާނީ ޒިންމާދާރުކަމާއެކު ސައްހަ ނިޔަތެއްގައި މައުލޫމާތަށް އެދޭ ފަރާތްތަކަށް އެކަނި ކަމަށެވެ.
މުންދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އަނަސް ވިދާޅުވީ، ގާނޫނުއަސާސީންނާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން ހުށަހެޅޭ ކަންކަމަށް ޖަވާބު ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ. އެގޮތުން އެ ހުށަހަޅާ ފަރާތަކީ ކޮންމެ މީހަކަށް ވީނަމަވެސް، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެކަމަށް އިޖާބަދޭން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އާރްޓީއައިތަކަށް ޖަވާބު ދިނުން ލަސްކުރުމަކީ މައުލޫމާތު ހާމަނުކޮށް ހިފެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި އަނަސް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ގާނޫނީ މުއްދަތުގައި މައުލޫމާތު ފޯރުކޮށްނުދީ ލަސްވާ ހަމައެކަނި ސަބަބަކީ އެ މައުލޫމާތެއް އާންމުންނަށް އެނގެން ސަރުކާރުން ބޭނުންނުވުމެވެ.

ކިޔުންތެރިންގެ ހިޔާލު