ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ނަޒަރު ހިންގާލާއިރު، އެންމެ ނުފޫޒުގަދަ އަދި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚުޞިއްޔަތަކީ ރައީސް މުޙައްމަދު ނަޝީދު (އަންނި) އެވެ. ރާއްޖޭގައި ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރި ފުރަތަމަ ދިމިގްރާތީ ރައީސްގެ ހައިސިއްޔަތުން، އެތައް އަހަރެއްގެ މަރުކަޒީ ވެރިކަމަށްފަހު، ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ނިޒާމެއް ރާއްޖެއަށް ގެނައުމުގައި އެމަނިކުފާނު އަދާކުރެއްވީ ބަދަލުކުރެވެން ނެތް ފަދަ މުހިންމު ދައުރެކެވެ. 2008 ވަނަ އަހަރު އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވުމަކީ ރާއްޖޭގެ ސިޔާސީ މިސްރާބު މުޅިން ބަދަލުކޮށްލި ތާރީޚީ ހާދިސާއެކެވެ. އެއީ އިޞްލާޙީ ބަދަލުތަކަށާއި، ބަސްބުނުމުގެ މިނިވަންކަމަށާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ރައްޔިތުންނަށް ލިބިގެންދިޔަ އާ އުންމީދެކެވެ.
ވެރިކަމަށް ވަޑައިގަތުމުގެ މާ ކުރިންވެސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ސިޔާސީ އިޞްލާޙަށާއި ދިމިގްރާތީ ބަދަލުތަކަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަށްވާފައެވެ. އިދިކޮޅު އަޑުތައް އޮބަހައްޓަމުންދިޔަ ދުވަސްވަރު، އެމަނިކުފާނު ސާބިތުކަމާއެކު ހުންނެވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އިންސާފާއި، ރައްޔިތުންގެ ވެރިން އަމިއްލައަށް އިންތިޚާބުކުރުމުގެ ޙައްޤު ހޯދައިދިނުމުގައެވެ. މި މާތް މަޤްޞަދުގައި ކުރެއްވި މަސައްކަތުގެ ތެރޭގައި އެތައް ފަހަރަކު ހައްޔަރުކޮށް، ޖަލަށްލައި، ސިޔާސީ އެތައް އަނިޔާވެރިކަމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެމަނިކުފާނުގެ ޢަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ރާއްޖެއަށް މާނަވީ ޒަމާނީ ދިމިގްރާތީ ނިޒާމެއް ގެނައުމުގެ ޙަރަކާތުގައި އެންމެ ކުރީ ސަފުގައި ހުންނެވި އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އިޞްލާޙަށް މަސައްކަތްކުރި އެތައް ބަޔަކާއި އާންމު ރައްޔިތުންނާ ގުޅިގެން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށާއި، މިނިވަން މުއައްސަސާތައް ގާއިމުކުރުމަށާއި، ސިޔާސީ މިނިވަންކަން ފުޅާކުރުމަށް އެމަނިކުފާނު ކުރެއްވި ވަކާލާތަކީ ދިވެހި ތާރީޚުގެ އައު ބާބެއް ފެށުމަށް މަގުފަހިވެގެންދިޔަ މުހިންމު ބިންގަލެވެ.
ސިޔާސީ ފިކުރުތަކާ ދުރަށް ޖެހިލާއިރު، މުޅި ރާއްޖޭގެ ކުދި ބޮޑު އެންމެން އެމަނިކުފާނު ދަންނަނީ ލޯތްބާއެކު ކިޔާ "އަންނި"ގެ ނަމުންނެވެ. މިހާރަކަށް އައިސް ބައެއް މީހުން އަންނި ގެ ނަމުން އެމަނިކުފާނަށް މުޚާތަބް ކުރަނީ އެމަނިކުފާނުގެ ޤަދަރަށް ނިކަމެތިކަން ގެނައުމުގެ އުންމީދުގައެވެ. ނަމަވެސް އެއީ އެމީހުންނަށް ކުރެވޭ ވަރަށް ބޭކާރު މަސައްކަތެކެވެ. އެއީ ނިކަމެތިންގެ ލޯބިވާ އަންނި އެވެ. އެނަން އަޑު އިވުމުން އެތައް ބައެއްގެ ހިތްތަކަށް އާޖޯޝަކާއި އުންމީދެއްގެ ތަސައްވަރެއް ގެނެސްދެއެވެ.
މި ނަމަކީ ރާއްޖޭގެ ދިމިގްރާތީ ދަތުރާ ވަރަށް ބޮޑަށް ގުޅިފައިވާ ނަމެކެވެ. ގިނަ ދިވެހިންގެ ގާތުގައި އެމަނިކުފާނަކީ ހަމައެކަނި ކުރީގެ ރައީސެއް ނޫނެވެ. އެއީ އާންމު ރައްޔިތުންނަށް އުންމީދާއި ބާރުވެރިކަން ހޯދައިދިން ދިމިގްރާތީ ބަތަލެކެވެ. އަތޮޅުތަކުގެ ރަށްރަށަށް ވަޑައިގަތުމުން، އުމުރުން ދުވަސްވީ މާމައިންނާއި ކަނބަލުން އެމަނިކުފާނަށް ކުރާ އިޙްތިރާމާއި ބަހައްޓާ ގާތްކަމުން އެކަން ސާފުވެއެވެ. އަމިއްލަ ދަރިއަކަށް މަރުޙަބާ ކިޔާ ފަދަ ގާތްކަމަކާއެކު، ކޮނޑުގައި އަތްލައި ސަލާމްކޮށް، ހިތްހަމަޖެހުމާއެކު ބައްދަލުކުރާ މަންޒަރަކީ އާންމު މަންޒަރެކެވެ. ރާއްޖޭގެ އެތައް އާއިލާއަކަށް ރައީސް މުޙައްމަދު ނަޝީދަކީ ދުރުގައި ހުންނަވާ ސިޔާސީ ޝަޚުޞިއްޔަތެއް ނޫނެވެ. އެއީ އެމީހުންގެ އަމިއްލަ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މިއަދު ދިވެހިން ތަޙައްމަލުކުރަމުންދާ މިނިވަންކަން ހޯދުމަށްޓަކައި ކުރެވުނު ބުރަ މަސައްކަތާއި ވެވުނު ޤުރުބާނީގެ އަގު ގިނަ ދިވެހި ރައްޔިތުން ވަޒަންކުރެއެވެ. މިނިވަންކަމާއެކު ވާހަކަދެއްކުމާއި، ޚިޔާލު ފާޅުކުރުމާއި، ވެރިންނާ ސުވާލުކުރުމުގެ ފުރުޞަތު ލިބުނީ ދިމިގްރާތީ އިޞްލާޙަށްޓަކައި އެތައް ބަޔަކު ކުރި ހަނގުރާމައިގެ ސަބަބުންނެވެ. އަންނިގެ ސިޔާސީ ޙަޔާތުގައި އަބަދުވެސް ވާހަކަދައްކަވަނީ އާންމު ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމަކާއި އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމާ ގުޅޭގޮތުންނެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ޤަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ އަމިއްލަ އެދުމަށްވުރެ ރައްޔިތުންގެ ބޭނުންތައް އިސްކުރެއްވި، ރައްޔިތުންގެ ތެރެއިން އުފެދުނު އިޚްލާޞްތެރި ލީޑަރެކެވެ.
ސިޔާސީ ދާއިރާގައި ތަފާތު ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެމަނިކުފާނާއި ގުޅުވައިގެން ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވިފައި ނުވުމަކީ އާއްމުންނަށް އެމަނިކުފާނު ބަލައިގަނެވޭ އެންމެ ބޮޑު އެއް ސަބަބެވެ. އަންނިގެ ނަން އަބަދުވެސް ގުޅިފައިވަނީ ދިމިގްރާތީ އިޞްލާޙަށާއި ރައްޔިތުންގެ ޙައްޤުގައި ކުރެއްވި މަސައްކަތާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެމަނިކުފާނުގެ ސޫރަ ސިފަވަނީ މަގުމަތީގެ އިޙްތިޖާޖުތަކާއި، އިޞްލާޙީ ގޮވާލުންތަކާއި، އާންމު ރައްޔިތުންނާއެކު ކޮނޑާއި ކޮނޑުޖައްސަވައިގެން ހުންނަވާ މަންޒަރާއެކުގައެވެ.
އެހެންނަމަވެސް، 2012 ވަނަ އަހަރު ގަދަބާރުން އެމަނިކުފާނުގެ ކިބައިން "އަތުލި" އިސްތިއުފާއަށް ފަހު، ރައްޔިތުން ރާއްޖެއާމެދު އުންމީދުކުރި ދިމިގްރާތީ މަގު ބަލިކަށިވެ، ސިޔާސީ ބައިބައިވުން ބޮޑުވެގެން ދިއުމަކީ ގިނަ ދިވެހިން މާޔޫސްކުރުވި ކަމެކެވެ. ސިޔާސީ އެހެނިހެން ލީޑަރުންނަށް ކުރިމަގެއް ލިބެން އޮތީ އަންނި އެއްފަރާތް ކޮށްގެން ކަމަށްވާތީ 2013ގެ އިންތިޚާބުގެ ނަތީޖާވެސް އަނބުރާލީ 3 ފަހަރަށް ވޯޓުލައިގެން ކޯޓު މެދުވެރިކޮށެވެ. 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބުނު ނަމަވެސް 13 އަހަރުގެ ހުކުމެއްކޮށް ހުރަގެޔަށް ލިއެވެ. ފަހުން އަރުވާލީ ޤައުމުން ބޭރަށެވެ.
އޭގެފަހުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހޯއްދެވުމުން މާލޭގެ މަޖީދީމަގުގެ މެދުގައި ބޮމެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަ ކޮށްލަންވެސް ކޮންމެވެސް ބަޔަކު މަސައްކަތް ކޮށްފިއެވެ. އެކަމުގެ ތަހުގީގުތައް ފުލުހުން ކުރަމުންދާތާ 5 އަހަރުވީއިރުވެސް އެކަމަށް ފަންޑުކޮށް އަޑީގައި ތިބި ބައެއްގެ މަޢުލޫމާތު ފެންމަތި ކުރެވިފައެއް ނުވެއެވެ. ޙަމަލާއަށް 5 އަހަރުފަހުން އަނެއްކާވެސް ސިޔާސީ މަސައްކަތަށް ނިކުންނެވުމުން އެމަނިކުފާނުގެ ފަހަތުން ދުއްވައިގަތީ ދިވެހި ރައްޔިތުންނެވެ. މަޖީދީމަގުން އެމަނިކުފާނުގެ ފަހަތުން "އަންނި" ގޮވަމުން ރައްޔިތުން އެގެނެސްދޭ ވައިބްގެ އަސްލަކީ އެމަނިކުފާނު ގެންނަވާނެ "ބޮޑުބަދަލަށް" ރައްޔިތުންގެ ހިތްތަކުގައި އޮތް ފުރިހަމަ "އިތުބާރެވެ."
ރާއްޖޭގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައި ރައީސް ނަޝީދަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކުރަށްވާ އެންމެ ފާހަގަކޮށްލެވޭ އެއް ލީޑަރެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އޮތް ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އެމަނިކުފާނު މުޅި ދުނިޔެއަށް އިއްވައިދެއްވިއެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ނަން ބައިނަލްއަޤުވާމީ މަސްރަޙުގައި އުފުލިގެން ދިޔައެވެ. މިއަދު، ބައިނަލްއަޤުވާމީ އެޑްވައިޒަރީ ބޯޑެއްގައި އެމަނިކުފާނު ޚިދުމަތް ކުރެއްވުމަކީ ދިވެހިންނަށް ލިބޭ ފަޚުރެކެވެ. އެމަނިކުފާނުގެ ތަޖުރިބާއާއި، ލީޑަރޝިޕް އަދި ދުރުވިސްނުމަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެތައް ޖީލުތަކަކަށް ލިބޭ ހިތްވަރެކެވެ.
ހަމަ ހަގީގަތުގައިވެސް އަންނިއަކީ ދިވެހިރާއްޖެއަށް ޑިމޮކްރެސީގެ އާ ފަތިހެއް ގެނެސްދެއްވި ލީޑަރެވެ. އެއީ ރާއްޖޭގެ ސިޔާސީ އެހެނިހެން ލީޑަރުންނަށްވުރެ ސިޔާސީގޮތުން މާ ކުޅަދާނަ ލީޑަރެކެވެ. އެހެން ލީޑަރުން "ހިތްދަތި" ވިޔަސް ރައީސް ނަޝީދަކީ "އެހެން ލެވެލް"އެކެވެ. އެމަނިކުފާނު ކުޅުއްވަނީ "މާމަތީ ލީގެއް"ގައެވެ.

ކިޔުންތެރިންގެ ހިޔާލު