މާލޭގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 254 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ހަވީރު 4:00 އިން 6:00 އަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 1,344 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 254 މީހުންނަކީ ރާއްޖޭގައި އުޅުމުގެ ސައްހަ ލިޔެކިޔުން ނެތް މީހުންނެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ދެނެގަތުމަށް މެއި 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި "ކުރަނގި އޮޕަރޭޝަން" ގެ ތެރެއިން ކު
ރެވޭ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 191,723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ޑޭޓާބޭސް ވަނީ އަޕްޑޭޓްކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި އެކްޓިވް ވޯކްޕާމިޓް އޮތް ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނަގައި ނިމިފައިވާ ކަމަށެވެ. މިއީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު (ނޮވެމްބަރު 17، 2023) އެންމެ 13 އިންސައްތައިގައި އޮތް އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރުމަށް ބިދޭސީންނަށް ދިން ފުރުސަތުތަކާއި މުހުލަތު މި މަހުގެ 2 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. އެހެންކަމުން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި، އެމީހުން ރާއްޖެއިން ފޮނުވާލުން ނުވަތަ ޑީޕޯޓުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމެވެ.
ސަރުކާރުން ދަނީ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު