މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތ. ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައަކީ 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާ، ޕޮޕިއުލާ މޯލްޑިވްސްއަށް ލިބިފައިވާ ކަމަށް ބުނާ ބުނީ،މައްސަލައެކެވެ.
އޭސީސީން ބުނީ، 13 ޖުލައި 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައި ކަމަށެވެ. މި ކުންފުންޏަކީ ރިޔާޒް ރަޝީދުގެ ދަރިން ކަމަށްވާ ރައުޝަމް ރިޔާޒާއި ރީޝަމް ރިޔާޒްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ.
އޭސީސީގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން ވަނީ މަސައްކަތް ކޮށްފައެވެ. އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސްއިން މަސައްކަތްކޮށްފައިވާ" ކަމަށެވެ.
މީގެ އިތުރުން، ތ. އޮޅުގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައިވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުން 36 މަސްދުވަހުގެ ތެރޭގައި ރިޒޯޓެއް ތަރައްގީކުރަން ޖެހޭއިރު، އެކަން ކޮށްފައި ނުވާތީ އެ ރަށް އަނބުރާ ދައުލަތަށް ނެގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް އޭސީސީން ވަނީ އަންގާފައެވެ.
އޭސީސީން ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ޚިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު ކަމަށް ތުހުމަތުވާ 455،000 ޑޮލަރު، އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސްއަށް ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްދިނުމަށާއި، ޖަމާވި 150،000 ޑޮލަރު އަނބުރާ ހޯދުމަށް އޭސީސީން ވަނީ އެދިފައެވެ.
ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު މި ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ޖަލަށް ލެވުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ދައުރުގެ ފަހުކޮޅު ވަނީ އެ ދެ ބޭފުޅުންނަށް މާފުދީ މިނިވަންކޮށްފައެވެ. އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާތައް ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ވަނީ ސާބިތު ނުވާކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު