އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ އެ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައިފިއެވެ.
މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މި ހިނގާ މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިއުފާދެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރަށްވާފައެއް ނުވެއެވެ. ޒާހިދަކީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަށް ކޮމިޝަންގެ ރައީސްކަން ލިބިވަޑައިގަތީ އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ރައީސް އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤުރާރާއި، އަދި ކުށުގެ ރެކޯޑު ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މީގެ އިތުރުން، މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤުރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރަށްވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު